ބައްޕަ ދިފާއުކޮށް, ފައިސަލްގެ ރައްދު އަނެއްކާވެސް ޔާމީނަށް
ޓޫރިޒަމް މިނިސްޓަރ ފައިސަލް

ބައްޕަ ދިފާއުކޮށް, ފައިސަލްގެ ރައްދު އަނެއްކާވެސް ޔާމީނަށް

ޔާމީނުގެ ހައްގުގައި ގަނަތެޅުނީ ބައްޕާފުޅު ކަމަށް ވިދާޅުވި

3 months ago - 08:58
Aug 10, 2024 - 09:16
Advertisement
Advertisement
 20 އަހަރު ސިޔާސީ އަޅުމަސައްކަތް، ވަރުބަލިކަމެއް ފޫހިކަމެއްނެތި ކޮށްދިން މީހަކީ ބައްޕާފުޅު އަބްދުއްރަހީމް އަބްދުالله ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ކުރީގެ ރައީސް ޔާމީނަށް ހޫނު ރައްދެއް ދެއްވައިފި އެވެ. ފައިސަލް ފޭސްބުކްގައި ވިދާޅުވީ މިކަމަށް މި ދިވެހި ޤައުމު ހެކިވާނެ ކަމަށެެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަކީ ނުކިޔަވާ ހުންނެވި ބޭފުޅެއްކަމަށް ވިދާޅުވެ އަމާޒުކުރަމުންދާ ފާޑުކިއުންތަކަށް ރައްދުދެއްވާ ދަރިކަލުން ފައިސަލް ވިދާޅުވީ 20 އަހަރު ޔާމީނުގެ އަރިހުގައި މަސައްކަތް ކުރެއްވިއިރު އޭނާގެ ގެ ބައްޕަގެ ތަޢުލީމެއް  މުހިންމު ނުވިކަމަށެވެ. ފައިސަލް ވީ ސިހުރުގެ ތުހުމަތުތަކެއްވެސް ކުރައްވާފައެވެ. ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ޔާމިނުގެ އަނބިކަބަލުން ހެއްދެވި ސިހުރުގެ ތެރޭގައި މުޅި ޕީޕީއެމް ގެ އޮޑި ފަރަށް އެރީ ޕީޕީއެމްގެ ގިނަބަޔަކު ދުރަށް ޖައްސާ ޔާމީނުގެ އަނބިކަނބަލުން ލައްވާ  ޕާޓީ ހިންގަވަން އުޅުއްވުމުން ކަމަށެވެ. ދުރަށްޖެއްސި ބޭފުޅުންގެ ތެރޭގައި އަބްދުއްރަހީމް ހިމެނޭކަން ފައިސަލް ފާހަގަކުރެއްވިއެވެ.
2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ނާކާމިޔާބީވެސް ފައިސަލް އެޅުއްވީ ޔާމީނުގެ ބޮލުގައެވެ. ވިދާޅުވީ ހަމަ ޤަޞްތުގައި ޕީޕީއެމްގެ މަޖިލީސް މެންބަރުން ފެއިލްކޮށްލީ ދުރާލާ ރާވައިގެން އެމީހުން އަޅުވެތިކަމުގައި ބޭތިއްބުމުގެ ކެހިވެރި ނިޔަތުގައި ކަމަށެވެ.
" އެހާލަތުގައި މަނިކުފާނު ދޫކޮށް ޕާޓީގެ އިސްގިނަ ބަޔަކު ނައްޓާލިއިރު، ހުރިހާ ތަކުލީފެއް އުފުލަން ކެތްތެރިކަމާއެކު ހުރީ އަޅުގަނޑުގެ ބައްޕަ ޢަބްދުއްރަޙީމް ޢަބްދުއްﷲ އެވެ." - ފައިސަލް ވިދާޅުވިއެވެ.
2019 ވަނަ އަހަރު ވޮޑަމުލާ މައްސަލައިގައި ޔާމީނަށް ކްރިމިނަލް ކޯޓުން 5 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވުމުން، ދެ ޕާޓީގެ ސިޔާސީ މަސައްކަތް ކުރަން 24 ގަޑިއިރު ގަނަތެޅުނީ ވެސް ބައްޕާފުޅު ކަމަށް ފައިސަލް ވިދާޅުވިއެވެ.  ހުކުމުން ސަލާމަތްވެ، އަހަރެއްހާ ދުވަސްފަހުން ޔާމީން އެނބުރި އައިއިރު، ޕާޓީ ގެ ސިޔާސީ ހަރަކާތް މެކުހަށް ޖަހައި، އެންމެން ގޮވައިގެން ދުވާލު ހަތަރުދަމު، ސަރުކާރު ޒިންމާދާރުކުރުވާ  ޔާމީނުގެ ހައްޤުގައި އަވަދިވަމުން ދިޔައީ ވެސް ބައްޕާފުޅު ކަމަށް ފައިސަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެއީ ގައުމު ހެކިވާނެ ކަންކަން ކަމަށެވެ. 
2023 ގެ ރިޔާސީ ޓިކެޓް ޔާމީނަށް ނުލިބުނީ އެމްޑީޕީގެ ސަބަބުން ކަމަށް ފައިސަލް ވިދާޅުވިއެވެ. ޕީއެންއެފް ޖަލްސާތަކުގައި ޔާމީންގެ ޝަރީއަތް ލަސްކުރުމުގެ ތުހުމަތު މިސަރުކާރުގެ އިސް ބޭފުޅުންގެ ބޮލުގައި އަޅުވަމުން ދާތީ ފައިސަލް ވިދާޅުވީ ޔާމީންގެ ކެންޑިޑެސީ ފެއިލް ކޮށްލުމަކީ  ރައީސް ނަޝީދުގެ ކެނޑިޑެސީ 2018 ވަނަ އަހަރު ޔާމީނު އިސްވެހުރެ ދުއްވާލުމުގެ ބަދަލުހިފުމެއް ކަމަށެވެ. ފައިސަލް ވިދާޅުވީ އޭނާއާއި ބައްޕާފުޅު ނުކިޔަވާތިބި މީހުންކަމަށް ވެ, އެކަމާޔާމީނު ކަންބޮޑުވެގެން އުޅުއްވާ އިރު،ޔާމީނުގެ މޮޅަށް ކިޔެވި ދަރިން މިޤައުމަށް ކޮށްދިން ޚިދުމަތެއް ނެތް ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement