ޔޫރަޕިއަން ޔޫނިއަން އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ޔޫރަޕިއަން ޔޫނިއަން އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

1 hour ago - 14:52
Jul 29, 2026 - 15:11
Advertisement
Advertisement

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ބެލްޖިއަމްއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މި މަގާމަށް ދިޔާނާ އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ މިއަދު ބޭއްވި ޖަލްސާގައި މިކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުންނެވެ.


ދިޔާނާ އެ މަގާމަށް އައްޔަންކުރުމާ މެދު ގޮތެއް ނިންމުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަޖިލީހަށް ސިޓީފުޅު ފޮނުއްވީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އެ ދުވަހު މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުނެވެ. ކޮމިޓީ މަރުހަލާގައި ރައީސް ފޮނުއްވި ނަންފުޅު ދިރާސާކުރުމަށްފަހު، ކޮމިޓީން ނިންމާފައިވަނީ ދިޔާނާއަކީ އެ މަގާމަށް ގާބިލު، ޝަރުތުހަމަވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާ އެ މަގާމަށް އައްޔަންކުރުމަށް ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ރުހުން ދީފައެވެ.


ސަފީރުގެ މަގާމަށް އައްޔަންކުރުމަށް ރުހުން ދިން ދިޔާނާ ސައީދަކީ މީގެ ކުރިންވެސް ދައުލަތުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފުރަތަމަ ކެބިނެޓުގައި އެޓާނީ ޖެނެރަލްގެ މަގާމާއި، ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން އޭނާ ކުރައްވާފައިވެއެވެ.


މީގެ އިތުރުން، ސަފީރުކަމަށް އައްޔަންކުރުމުގެ ކުރިން ދިޔާނާ ހުންނެވީ މިދިޔަ އޭޕްރިލް މަހުން ފެށިގެން އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ބޭރު ގައުމުތަކަށް ކަނޑައަޅާ ސަފީރުން އައްޔަންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ރިޔާސަތުގައި މިއަދު މިވަނީ ދިޔާނާގެ ނަންފުޅު ފާސްކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement