
28 ރަށަކަށް ސެކްރެޓަރީ ޖެނެރަލްއިން ހޯދަން އިއުލާނުކޮށްފި
ރަށު ކައުންސިލްތަކުގައި އިދާރީ އެންމެ އިސްވެރިއެއްގެ ގޮތުން މަސައްކަތް ކުރަން ސެކްރެޓަރީ ޖެނެރަލުން ހޯދަނީ 5 އަހަރުގެ މުއްދަތަށެވެ.
ދެ ފަންތިއެއްގައި އެމަގާމަށް މީހުން ހޯދަން ކޮމިޝަނުން ވަނީ އިއުލާނުކޮށްފައެވެ. އޭގެތެރެއިން އެއް ލެވެލްގެ މުސާރައަކީ 9300 ރުފިޔާ އާއި 6800 ރުފިޔާގެ އެގްޒެކްޓިވް އެލަވަންސެވެ. އަނެއް ފަންތީގެ މުސާރައަކީ 8835 ރުފިޔާއެވެ. އެގްޒެކްޓިވް އެލެވަންސްގެ ގޮތުގައި 6450 ރުފިޔާ ލިބޭނެއެވެ. މީގެއިތުރުން ސްޕެޝަން ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ލިބޭނެއެވެ. މިއީ އިތުރުގަޣީގެ ފައިސާ ލިބޭ މަގާމެއް ނޫނެވެ.
ސެކްރެޓަރީ ޖެނެރަލުން ހޯދާ ހއ.އަތޮޅުގެ ކައުންސިލް ތަކަކީ ތަކަންދޫ, ހިރިމަރަދޫ, ހދ. ނޮޅިވަރަންފަރު, ށ.ފޭދޫ, ށ.ފީވައް, ނ.ހެނބަދޫ, ނ.ވެލިދޫ, ރ.ވާދޫ, ރަސްމާދޫ, މަޑުއްވަރި, އިންނަމާދޫ, ބ.ފެހެންދޫ, ހިތާދޫ, އއ.ފެރިދޫ, އއ.ތޮއްޑޫ, އދ.ހަންޏާމީދޫ, ވ.ތިނަދޫ, ކެޔޮދޫ, ރަކީދޫ, ފ.ދަރަނބޫދޫ, ދ.ރިނބިދޫ, މާއެނބޫދޫ, ތ.ގާދިއްފުށި, ތިމަރަފުށި, ލ.ދަނބިދޫ, ލ.މުންޑޫ, ގއ.ކޮލަމާފުށި, އަދި ގއ.ދެއްވަދޫއެވެ. މީގެތެރޭގައި ތަކުރާރުކޮށް އިއުލާނުކޮށްފައިވާ ރަށްތައް ހިމެނެއެވެ.
މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 21 ވަނަ ދުވަހުގެ 14:00 އެވެ.
ރިއެކްޝަންސް






