ކައުންސިލް ހިންގުމުގައި ސަރުކާރުގެ ތެރެއިން ދަތިކަމެއް ނެތް- މޭޔަރު އާޒިމް
މާލެ މޭޔަރު އާދަމް އާޒިމް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ: ފޮޓޯ-އެމްޑީޕީ

ކައުންސިލް ހިންގުމުގައި ސަރުކާރުގެ ތެރެއިން ދަތިކަމެއް ނެތް- މޭޔަރު އާޒިމް

6 days ago - 21:28
Oct 12, 2024 - 21:28
Advertisement

ކައުންސިލް ހިންގުމުގައި ސަރުކާރުގެ ތެރެއިން ދަތިކަމެއް ނެތްކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. މާލޭގެ މޭޔަރު މިހެން ވިދާޅުވީ މިއަދު ކުޅުދުއްފުށީގައި އެމްޑީޕީން ބޭއްވި ބޭއްވި 'ލާމަރުކަޒީ ގުޅުން' ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. މޭޔަރު އާދަމް އާޒިމް ވިދާޅުވީ ކައުންސިލް ތެރޭން އެދިވަޑައިގަންނަވާ ކޮންމެ ކަމެއް ކޮށްދެއްވާ ކަމަށެވެ.

"އަޅުގަނޑު ކޮންސަލްޓަންޓުން ނަގަން ބޭނުންވީމަ ނަގައިގެން ހަމަ އަޅުގަނޑުމެންގެ ޕާޓީ މެމްބަރުން އެތިބީވެސް. އަނެއް ގޮތަކަށް ދަތިކަމެއް އަދި މިހާތަނަކަށް ނެތް" އާޒިމް ވިދާޅުވިއެވެ.

އެމްޑީޕީގެ 15 މެންބަރަކަށް ސިޓީ ކައުންސިލްގެ ތެރެއިން ކޮންސަލްޓަންޓުންގެ ގޮތުގައި ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މޭލެ ސިޓީ ކައުންސިލް މެމްބަރުންގެ ގޮތުގައި އިދިކޮޅު އެމްޑީޕިއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށް ހުންނެވީ އާޒިމް އެކަންޏެވެ. އާޒިމް އެމަގާމަށް އިންތިޚާބުވީ ކުރިން މޭޔަރުގެ މަގާމްގައި ހުންނެވި ޑރ.މުޙައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމުންނެވެ.

Advertisement

އާޒިމް ވިދާޅުވީ ސަރުކާރުގެ ކޮންޓްރޯލް ސިޓީ ކައުންސިލްގައި އޮތަސް އެއްބާރުލުން ލިބޭ ކަމަށެވެ. އަދި އޭނާވެސް މަސައްކަތް ކުރައްވަނީ ކައުންސިލްގެ ތެރެއިން ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ކޮށްދެއްވަން ކަމަށް ވިދާޅުވިއެވެ. އެގޮތަށް އެކަން ނުކުރެވިއްޖެ ނަމަ އޭގެ ޒިންމާ އެމްޑީޕީގެ ބޮލުގައި އެޅޭނެކަން މޭޔަރު ފާހަގަކުރެއްވި އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement