މޮންގޯލިއާއަށް ދަތުރުކުރަން ވިސާ ނަގާކަށް ނުޖެހޭނެ

މޮންގޯލިއާއަށް ދަތުރުކުރަން ވިސާ ނަގާކަށް ނުޖެހޭނެ

މޮންގޯލިއާއަށް ދަތުރުކުރަން ދިވެހިން ދެން ދުރާލައި ވިސާ ނަގާކަށް ނުޖެހޭނެ

9 months ago - 18:43
Jan 15, 2024 - 19:15

ދިވެހިރާއްޖެއާއި މޮންގޯލިއާއާ ދެމެދު ވެފައިވާ ވިސާ ވެއިވަރ އެއްބަސްވުމުގެ ދަށުން، މިމަހު 12އިން ފެށިގެން ދުރާލާ ވިސާ ނެގުމަކާނުލައި މޮންގޯލިއާއަށް އެތެރެވެވޭނެ ކަމަށް ޚާރިޖީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދުރާލާ ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް މޮންގޯލިއާއަށް 30 ދުވަހުގެ މުއްދަތަކަށް އެތެރެވެވޭނެއެވެ. އަދި މޮންގޯލިއާ ރައްޔިތުންނަށްވެސް ވިސާނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ. އަދި ޓްރާންސިޓް ކުރުމުގައިވެސް ވިސާ ނަގާކަށް ނުޖެހޭނެއެވެ.

ނަމަވެސް ތަޢުލީމު ޙާސިލުކުރުމާއި ވަޒީފާއާއި ވިޔަފާރީގެ ބޭނުންތަކަށް ދަތުރުކުރާ މީހުން ދުރާލާ ވިސާ ނަގަންޖެހޭނެއެވެ..

މިއެއްބަސްވުމާއެކު ދެޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުޞަތު ލިބި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow