ހަރުކަށި ސްވާމީ ދެއްކި ވާހަކަތައް އެމް.ޑީ.ޕީން ކުށްވެރިކޮށްފި

ހަރުކަށި ސްވާމީ ދެއްކި ވާހަކަތައް އެމް.ޑީ.ޕީން ކުށްވެރިކޮށްފި

އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު ސުބްރަމާނިއަން ސްވާމީ ރާއްޖެއާމެދު ދެއްކެވި ހަރުކަށި ވާހަކަތައް އެމް.ޑީ.ޕީން ކުށްވެރި ކޮށްފި

8 months ago - 19:56
Jan 15, 2024 - 19:56

ރާއްޖެއާމެދު އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު ސުބްރަމާނިއަން ސްވާމީ ދެއްކެވި ހަރުކަށި ވާހަކަތައް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމް.ޑީ.ޕީން ކުށްވެރި ކޮށްފިއެވެ.

މީގެ ކުރިންވެސް ރާއްޖެ ހިފަން ގޯވާލާފައިވާ އިންޑީއާގެ ހަރުކަށި ލީޑަރު ސްވާމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޑުވަޒީރު މޯދީގެ ސަރުކާރުން އިންޑިއާގެ މޫނުމަތީ ތަފާލެއް ޖަހާނީތޯ ނުވަތަ ރަޖީވް ގާންދީ ހެއްދެވިހެން އިންޑިއާގެ ސިފައިންގެ ފައުޖެއް އިތުބާރު ގެއްލިފައިވާ ރާއްޖެ ހިފަން ފޮނުވައި ރައީސް މުއްޒުގެ ވެރިކަން ވައްޓާލަންވީތޯ ސުވާލު އުފައްދަވާފައެވެ.

މީގެ އިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމް.ޑީ.ޕީން ވަނީ ސްވާމީ ދެއްކެވި ޒިންމާދާރުކަން ކުޑަ އެވާހަތައް ކުށްވެރިކުރާ ކަމަށް ވިދާޅުވެފައެވެ.

ސްވާމީ ކުރެއްވި ޕޯސްޓުގައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދަން ސަރުކާރުން ދީފައިވާ މުހުލަތުގެ ތެރޭގައި އެކަން ކުރައްވާނެތޯވެސް ސުވާލު އުފައްދަވާފައެވެ.

ސުބްރަމާނިއަން ސްވާމީ އަކީ އިންޑިއާއަކީ ހަމަ އެކަނި ހިންދޫ ދީން އޮންނަ ގައުމެއްގައި ގޮތުގައި ހަދަން މަސައްކަތް ކުރާ ޖަމްއިއްޔާގެ ފައުންޑަރު އަދި ރައީސްކަން ވެސް ކުރައްވާ އަދި އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ނުފޫޒު ގަދަ މެންބަރެކެވެ.

އޭނާ ވަނީ ސިޔާސި ގުޅުން ގޯސްވެފައިވާ ރާއްޖެއާ އިންޑިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ހޫނުވެދާނެ ފަދަ މޭރުމަކުން ވާހަކަ ދައްކައި ރާއްޖެ ހިފުމަށް ގޮވާލާފައެވެ.

ރާއްޖެއާ އިންޑިއާއާ ދެމެދު ފަހަކަށް އައިސް ގުޅުން ގޯސްވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެފައިވާ ރިޔާސީ ވައުދާ އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަން ފެށުމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow