ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ 5 ގައި
ފައިލް ފޮޓޯ

ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ 5 ގައި

ރައީސްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން ފެބްރުއަރީ 5 ގައި ބޭއްވުމަށް ނިންމައިފި

8 months ago - 22:43
Jan 14, 2024 - 22:46

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވަވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަންނަ މަހުގެ 5 ގައި ބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ވިދާޅުވީ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 5 ވާ ހޯމަ ދުވަހު ބޭއްވުމަށް މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ނިންމަވާފައިވާ ކަމަށެވެ.

ޖަލްސާ އޮންނާނީ އެ ދުވަހު ހެނދުނު 9:00 ގައި މަޖިލިހުގައި ކަމަށް އެ އިދާރާ އިން ވިދާޅުވިއެވެ.

މިއީ ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ފަހުން އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ.

ރިޔާސީ ބަޔާނުގައި ގައުމުގެ އޭރުގެ ހާލަތު ބަޔާންކޮށްދީ، ސަރުކާރުގެ ތަސައްވުރާއި މަސައްކަތްތަކާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ އިއްވަވާނެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ދައުރު ހަމަވާތީ ކުރިއަށް އޮތް ދައުރަށް މަޖިލިހަށް މެމްބަރުން އިންތިހާބުކުރުން އަންނަ މާޗު 17 ގައި ބާއްވަން ވަނީ ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބެވި ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 16 އެވެ. 42 މެމްބަރުންނާއި އެކު މަޖިލިހުގެ މެޖޯރިޓީ ޕާޓީއަކީ  އެމްޑީޕީއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow