މަޙްލޫފް އާޒިމަށް: މުއިއްޒު އިންތިޙާބުވެވަޑައިގަތީ ޑިމޮކްރެޓްސްގެ ފުރިހަމަ ތާއީދާއެކު ނޫންތޯ؟

މަޙްލޫފް އާޒިމަށް: މުއިއްޒު އިންތިޙާބުވެވަޑައިގަތީ ޑިމޮކްރެޓްސްގެ ފުރިހަމަ ތާއީދާއެކު ނޫންތޯ؟

މަޙްލޫފް އާޒިމަށް: މުއިއްޒު އިންތިޙާބުވެވަޑައިގަތީ ޑިމޮކްރެޓްސްގެ ފުރިހަމަ ތާއީދާއެކު ނޫންތޯ؟

9 months ago - 06:05
Jan 10, 2024 - 19:25

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޒުލުކުރަން އެމް.ޑީ.ޕީން ތައްޔާރަށް ތިބިތޯ އައްސަވައި މެދުހެންވޭރު ދާއިރާގެ ޑިމޮކްރޭޓްސްގެ މެންބަރު އާޒިމް އުފެއްދެވި ސުވާލަކަށް މަޙްލޫފު ރައްދު ދެއްވައިފިއެވެ.

އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ "ރައީސް މުއިއްޒު މަގާމުން ވަކިކުރަން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން ތިބޭފުން ތައްޔާރުތޯ؟ އަޒުލުކުރުމުގެ މަސައްކަތް ފަށަން އެމްޑީޕީއިން ތައްޔާރުތޯ؟،" ސުވާލު އުފައްދާވާފައެވެ.

މީގެ އިތުރުން ރައީސް މުއިއްޒު އަޒުލު ކުރުމަށާއި ރާއްޖޭގެ ހަމަޖެހުން ދަމަހައްޓައި ޚާރިޖީ ސިޔާސަތު ހިމާޔަތްކޮށް އަދި އަވައްޓެރި އެއްވެސް ގައުމެއް ބާކީ ކުރުން ހުއްޓުވުމަށް ޑިމޮކްރެޓުން ތިބީ ތައްޔާރަށް ކަމަވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި ކުރީގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފު ވިދާޅުވީ "މުއިއްޒު އިންތިޙާބުވެވަޑައިގަތީ ޑިމޮކްރެޓްސްގެ ފުރިހަމަ ތާއީދާއެކު ނޫންތޯ؟" އާޒިމަށް ސުވާލު ކޮށްފައެވެ.

އަދި ރައްޔިތުން އިންތިހާބުކޮށްފައިވާ ސަރުކާރެއް ގަދަބާރުން ވައްޓާލުމާއި އެމް.ޑީ.ޕީ އަބަދުވެސް ދެކޮޅު ކަމަށްވެސް މަހުލޫފު ވިދާޅިވިއެވެ.

''ބަގާވާތަކުން ވައްޓާލުމާއި ދެކޮޅު. އެއީ ދިވެހިރާއްޖެއަށް ރަނގަޅު ތަޖުރިބާއެއް ނޫން'' އިންތިހާބުތަކަކީ ކުޅޭ ކުޅިވަރަކަށް ވެގެންނުވާނެ ކަމަށް މަހުލޫފްގެ ޕޯސްޓެއްގައި ފާހަގަ ކުރެއްވިއެވެ.

ރައީސް އާއި ނާއިބު ރައީސް އަޒުލުކުރުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހު ގެނެސް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއިންވަނީ ކުރިންވެސް ރައީސް މުއިއްޒު އަޒުލުކުރުމުގެ އަޑުތައް އުފުއްލާފައެވެ. 

އެކަންތައް މަޑުޖެހުމަކަށް އައީ އެމްޑީޕީގެ 14 މަޖިލިސް މެންބަރަކު ސަރުކާރު ހިންގާ ޕީއެންސީއާ ގުޅުމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow