ކަރެކްޝަންސްގެ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭވަގުތު ހަފުތާއަކު 35 ގަޑިއިރައް ކުޑަކޮށްފި
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭ ވަގުތު ހަފުތާއަކު 35 ގަޑިއިރައް ކުޑަކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭ ވަގުތު ހަފުތާއަކު 35 ގަޑިއިރައް ކުޑަކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަރެކްޝަންސްގެ ވަޒީފާއާބެހޭ ގަވާއިދަށް ގެނާ އިސްލާހުގައި ބުނެފައިވާ ގޮތުގައި މިހާރު ކަރެކްޝަންސްގެ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ ހަފުތާއަކު 35 ގަޑިއިރުއެވެ.
ކުރިން އޮންނަ ގޮތުން ކަރެކްޝަންސްގެ މުވައްޒަފުން މަސައްކަތް ކުރަން ޖެހެނީ ހަފުތާއަކު 40 ގަޑިއިރުއެވެ.
ކަރެކްޝަންސްގެ މުވައްޒަފުންނާއި އިދާރީ މުވައްޒަފުން މަސައްކަތް ކުރާ ވަގުތަށް ބަދަލު ގެނައި ނަމަވެސް ޖަލު އޮފިސަރުން މަސައްކަތް ކުރަން ޖެހޭ ވަގުތަކަށް ބަދަލެއް ނާދޭއެވެ.
ޖަލު އޮފިސަރުން އަދިވެސް މަދުވެގެން ހަފުތާއަކު 48 ގަޑިއިރު މަސައްކަތް ކުރަން ޖެހެއެވެ.
ރިއެކްޝަންސް