ރައީސް މުޢިއްޒު ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންނާ ބައްދަލުކުރައްވައިފި
މިއަދު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސް މުޢިއްޒު ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންނާ ބައްދަލުކުރައްވައިފި

6 days ago - 19:26
Advertisement
Advertisement

ދިވެހި ވަޠަނީ ޚިދުމަތުގެ މުދައްރިބުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގައި އަލަށް ފަށާ ޕްރޮގްރާމަކަށް ވުމާއެކު، މުދައްރިބުން ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު މަސައްކަތްކުރުމަށް ރައީސް އިލްތިމާސް ކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ހަމަ މިއާއިއެކު ބެލެނިވެރިންނާއި ރައްޔިތުން އުންމީދުކުރާފަދަ ހަރުދަނާ ބައެއްގެ ގޮތުގައި ބައިވެރިން ތަމްރީނުކުރުމަށް ރައީސް އެދިވަޑައިގެންނެވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަކީ އިސްލާމްދީނަށް ލޯބިކުރާ، ދީނީ ކަންކަމަށް ފަރުވާތެރި، ޤައުމިއްޔަތުގެ ވިސްނުން ހުރި، އަދި ރިވެތި އަޚުލާޤާއި ސުލޫކުގެ ވެރި ބައެއްގެ ގޮތުގައި ތަމްރީނުކުރުން މުހިންމުކަމަށް ރައީސް މުޢިއްޒު ވިދާޅުވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން އެއްވެސް އިޝްތިހާރެއް ނެތި 900 އާ ގާތްކުރާ ޒުވާނުން މި ޕްރޮގްރާމަށް ކުރިމަތިލާފައިވާކަން ފާހަގަކުރައްވައި، މިއީ ބެލެނިވެރިންނާއި ޒުވާނުންގެ ތާއީދު ލިބިފައިވާކަމުގެ ހެއްކެއް ކަމަށް ރައީސް ވިދާޅުވިކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ މަޤްޞަދުތަކުގެ ތެރޭގައި ޤައުމިއްޔަތުގެ ރޫޙު އާލާކުރުމާއި، ޤައުމަށް ކުރިމަތިވާ ނުރައްކާތަކުގައި ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތުން ބިނާކުރުން ހިމެނޭކަމަށައި އަދި ޒުވާނުންނަކީ އެއްބައިވަންތަކަމާއެކު މަސައްކަތްކުރާ، އަޚުލާޤު ރަނގަޅު، އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު މަޤްޞަދެއްކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

Advertisement
Advertisement

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement