ފުވައްމުލަކު ދެކުނުދާއިރާގެ ޕީ.އެން.ސީ ކެނޑިޑޭޓު އިއްބެ އިލެކްޝަނަށް ފޯމު ހުށަހަޅުއްވައިފި

ފުވައްމުލަކު ދެކުނުދާއިރާގެ ޕީ.އެން.ސީ ކެނޑިޑޭޓު އިއްބެ އިލެކްޝަނަށް ފޯމު ހުށަހަޅުއްވައިފި

ފުވައްމުލަކު ދެކުނުދާއިރާގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު ކަމެއް ހޯދާފައިވާ އިއްބެ އެދާއިރާގެ ޕީ.ޕީ.އެމް ޕީ.އެން.ސީ ޕްރައިމަރީ ކާމިޔާބުކުރެއްވީ އިތުރު 3 ކެނޑިޑޭޓުންނާ ވާދަކުރައްވައިގެން.

5 months ago - 17:16
Feb 12, 2024 - 17:16

ސަރުކާރުގެ ފުރިހަމަ ތާއީދާއެކު ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑިއަށް ޕީ.އެން.ސީގެ ޓިކެޓުގައި ވާދަކުރައްވާ އިބްރާހީމް ހުސައިން އިއްބެ ކެނޑިޑޭސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

މިއަދު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި އިއްބެގެ ފޯމާއި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެވަޑައިގަތީ އެކޮމިޝަންގެ ރައީސް ފުވާދު ތަވްފީގެވެ.

ދަރުބާރުގޭގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މައި މަރުކަޒަށް އިއްބެގެ ކެނޑިޑޭސީ ފޯމު ހުށަހެޅުމަށް ވަޑައިގެންނެވިއިރު އަރިހުގައި ޕީ.އެން.ސީގެ ދެކުނުދާއިރާގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން ހިމެނޭހެން ދެކުނު ދާއިރާގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުގެ ބައެއް ބޭފުޅުން ބައިވެރިވިއެވެ.

އިއްބެއަކީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބު ކުރުމަށްޓަކައި އަމަލީ ގޮތުން ފުވައްމުލަކުގެ ކެމްޕެއިންގައި އެންމެ ހަރުދަނާ ލީޑަރޝިޕެއް ދައްކަވާފައިވާ ލީޑަރެކެވެ.

އިއްބެ ވިދާޅުވީ ރައްޔިތުންގެ މެންބަރެއްގެ ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރައްވާނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ވެފައިވާ ވައުދުތައް ހިމެނޭ މެނިފެސްޓޯ ހަލުވިކަމާއެކު ތަންފީޒު ކުރުމަށްޓަކައި ސަރުކާރަށް ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދެއްވުން ކަމަށެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑިއަށް އިއްބެގެ އިތުރުން އެމް.ޑީ.ޕީންވެސް ވާދަކުރުމަށް އިލެކްޝަނަށް މިއަދު ވަނީ ފޯމު ހުށަހަޅަފައެވެ.  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow