ފުރާނަ އަތްމައްޗަށް ލައިގެން ޣައްޒާގެ ރައްޔިތުން ކާއެއްޗެއް ހޯދުމަށް ކުރާ ނުރައްކާތެރި ދަތުރު!
އެހީ ލިބިގަތުމަށް ޣައްޒާގެ ރައްުޔިތުން އެއްވެފައި. ފޮޓޯ: އަކީ ޖާދުالله

ފުރާނަ އަތްމައްޗަށް ލައިގެން ޣައްޒާގެ ރައްޔިތުން ކާއެއްޗެއް ހޯދުމަށް ކުރާ ނުރައްކާތެރި ދަތުރު!

ގިނަ ފަހަރު އެނބުރި އަންނަނީ ކަފުނުގައި ނުވަތަ ހުސްއަތާ

6 hours ago - 11:14
Jun 20, 2025 - 11:30

ޣައްޒާ/ ކައިރޯ - (ރޮއިޓާސް) - ޣައްޒާގެ އެތައްހާސް ރައްޔިތުން ފަދައިން ހިންދް އަލް-ނަޖްވާވެސް އެތައްމޭލެއްގެ ދުރަށް ކާނާ ހޯދުމަށް ނުރައްކާތެރި ދަތުރެއް ކުރީ ސަލާމަތުން އެނބުރި ކާއެއްޗަކާއެކު އާއިލާގެ ކައިރިއަށް އާދެވޭނެ ކަމުގެ އުއްމީދުގައެވެ. އެއްސަރަހައްދުން އަނެއް ސަރަހައްދަށް ގޮސް އޭނާ އެނބުރި އާއިލާގެ ކައިރިއަށް އަންނަންޖެހުނީ އުންމީދުކުރި ފަދައަކުންނޫނެވެ.

އޭނާގެ ދައްތަ; ހަތަރުކުދިންގެ ދައްތަ މަޒޫޒާ އާއެކު ކުދިންނަށް ކާއެއްޗެއް ހޯދުމަށް ދިޔަ ދަތުރު އެތައް މޭލެއްގެ ދުރަށް އެތައްދުވަހަކު ހިނގިފަހުން ކުއްލިއަކަށް އިވުނު ބަޑީގެ އަޑުފައްގަނޑާއެކު ފިލަންވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ގާފުނިތަކުގެ ތެރެއަށެވެ. އެދުވަހަށްފަހު  ނަޖްވާ އެނބުރި ގެއަށް އަންނަން ޖެހުނީ ދައްތަގެ ކަފުނާއެކުއެވެ.

"އަހަރެމެންނަށް އޮތް ގޮތަކީ ކާއެއްޗެއް ހިފައިގެން އެނބުރިއައިސް (ނަސީބު ހުރިއްޔާ) ދަރިންގެ ހިތްއުފާކޮށްދިނުން, ނުވަތަ ކަފުނުގައި އެނބުރި އައުން, އެހެންނޫނީ ހުސްއަތާ އައިސް ކުދިންމާޔޫސްކޮށްލުން" އުތުރު ޣައްޒާގެ ބައިތް ލަހިއާގައި ދިރިއުޅޭ 38 އަހަރުގެ ނަޖްވާ ރޮއިޓާސް އަށް ބުންޏެވެ.

Advertisement

އޭނާ ބުނީ މިއީ މިހާރު ޣައްޒާގެ ދިރިއުޅުން ކަމަށެވެ. "އަހަރެމެން ފެންނަ ތާކުން ކަތިލަނީ. އިތުރަށް ކެތްކުރާނެ ހިތްވަރެއް ނެތް" އޭނާ ބުންޏެވެ.

ޣައްޒާގައި އިޒްރާއިލްއިންނާ އި އެމެރިކާއިން އިންސާނީ އެހީ ބެހުމުގެ ނަމުގައި ހަދާފައިވާ 'މަރުގެ ދަންތުރަ': ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން އެހީ ބެހުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ފާއިތުވި ދެ ދުވަހު ވެސް ވަނީ އެތައްބަޔަކު ޤަތުލްކޮށްފައެވެ. ބޮމާއި, ބަޑިއާއި, ޓޭންކަރުތަކުން އެއްގަމާއި ވައިގެ މަގުން ހަމަލާދީ އާންމުންގެ އެތައް ބަޔަކު ކޮންމެ ދުވަހަކު ދަނީ ޝަހީދުކުރަމުން ކަމުގައި ޣައްޒާގެ ސިއްހީ މަސަދަރުތަކުން ވަނީ ބުނެފައެވެ.

ޣައްޒާގެ ސިއްހީ މަސްދަރުތަކުން ބުނެފައިވާ ގޮތުގައި ޔަހޫދީ ދިފައިންގެ އަސްކަރީ ހަމަލާތަކުގައި ބުރާސްފަތި ދުވަހު އެކަނިވެސް ވަނީ އެހީ ލިބިގަތުމަށް ގޮސްތިބި މީހުންގެ 51 މީހަކު ވަނީ ޤަތުލްކޮށްފައެވެ. އޭގެ ތެރޭގައި ޣައްޒާ ސިޓީގެ ޝަތީ ރެފިއުޖީ ކޭމްޕް ކަައިރިން ޤަތުލްކުރި 19 މީހެއްގެ އިތުރުން އުތުރު ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕް ކައިރިއަށް ދިން ހަމަލާއެއްގައި ޤަތުލްކުރި 14 މީހަކުވެސް ހިމެނެއެވެ.

އިންސާނިއްޔަތާ ހިލާފް މި ޖަރީމާތަކާ ގުޅިގެން އިޒްރާއިލްގެ އަސްކަރިއްޔާއިން ބުނެފައިވަނީ ނެޓްޒަރިމް ކޮރިޑޯ އަދި މެދުތެރޭ ޣައްޒާއިން އިޒްރާއިލްގެ އަސްކަރިއްޔާއަށް ނުރައްކަލެއް ކަމަށް ފާހަގަ ކުރެވުނު "ސަސްޕެކްޓްސް" އަށް ފައުޖުތަކުން ހަމަލާ ދީފައިވާނޭކަމުގައެވެ. އަދި ހަމަލާތަކުގައި އާންމުންގެ މީހަކަށް އެއްވެސް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު އަސްކަރިއްޔާއަށް ލިބިފައި ނުވާކަމުގައެވެ.

މި މައްސަލައާ ގުޅިގެން ޖީއެފްއެޗްއިން ޣައްޒާގެ ސިއްހީ އިދާރާތަކަށް ފޮނުވި އީމެއިލްގައި ވަނީ ހަމަލާތަކާ ގުޅިގެން މަރުވާ އަދި ޒަޙަމްވާ މީހުންނާ ގުޅިގެން ސައްހަނޫން މައުލޫމާތު ހާމަކުރާކަމަށްބުނެ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. 

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މެއި މަހުގެ ފަހުކޮޅު އެހީ ބެހުމުގެ ނަމުގައި އިޒްރާއިލްއާއި އެމެރިކާއިން ހަދާފައިވާ މަރުގެ ދަންތުރަތަކުގައި އެކަނިވެސް ވަނީ 500 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުވެފައެވެ. 

އދ ންވެސް ތަކުރާރުކޮށްވަނީ ޣައްޒާގައި ޖީއެޗްއެފް އިން ހިންނާ 'އެހީ ބެހުމުގެ' ނިޒާމަކީ ޣައްޒާގައި މިހާރު އުފައްދާފައިވާ ހައިހޫނުކަމުގެ ހާލަތަށް އެކަށީގެންވާ ނިޒާމެއްނޫންކަމަށް ބުނެފައެވެ. އަދި އެއީ ނުރައްކާތެރި, އިންސާނީ ހައްގުތަކުގެ އަސާސްތަކާ ހިލާފަށް އިންސާނީ ކަރާމަތް ނަގާލުމަށް ހިންގާ ހަޑިހުތުރު އަމަލުތަކެއްކަމަށްވެސް އދ ން ވަނީ ބުނެފައެވެ.

ކާއެއްޗެއް ހޯދުމަށް 20 ދުވަސް ވަންދެން އެއްތަނުން އަނެއްތަނަށް މަޑުކުރަމުން, ކާނާ ޓްރަކެއްއާދޭތޯ އިންތިޒާރުކުރަމުން ދައްތަ އާއެކު ކުރި ދަތުރަށްފަހު ނަޖްވާ ބުދަ ދުވަހު އޭނާ މިހާރު ދިރިއުޅޭ އުތުރު ޣައްޒާގެ ޓެންޓަށް އައީ ކާއެއްޗެއް ނެތި ހުސްއަތާއެވެ. އެކަމަކު އެ ދައްތަގެ ދަރިންގެ މުޅި ދުނިޔެ ކަފުންކޮށްގެން  އެކުދިންނަށް ހިފައިގެންނެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow