އެތައްކަމެއް ސާފްކޮށްދެއްވި ރައީސްގެ އިންޓަރވިއު!
ރައީސް މުއިއްޒު ކެބިނެޓް ބައްދަލުވުމެއްގައި: ފޮޓޯ-ރައީސް އޮފީސް

އެތައްކަމެއް ސާފްކޮށްދެއްވި ރައީސްގެ އިންޓަރވިއު!

ރައީސް ޔާމީނަށް ހިތް ސާފް

17 days ago - 07:43

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރޭ ސަންގު ޓީވީ މެދުވެރިކޮށް ޚާއްޞަ އިންޓަރވިއު އެއް ދެއްވީ މިފަތްގާގައި ޕީއެންސީ ހަރުގެ ޖަލްސާގައިވެސް ވާހަކަފުޅު ދެއްކެވުމަށްފަހުއެވެ.

ބޭންކްގެ ނިންމެވުމަކަށްފަހު އުފެދުނު ނުތަނަވަސްކަމާއި, ރައީސް ޔާމީނުގެ ޕީއެންއެފް ޖަލްސާގައި ކުރައްވާ ތުހުމަތު ތަކާއި, އެމްޑީޕީން ގާތް ގާތުގައި ބޭއްވި ނޫސްވެރިންގެ ދެ ބައްދަލުވުމާއި, ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމާއެކު ރައީސްގެ އިންޓަރވިއުއެއްގެ މުހިއްމުކަން ހަގީގަތުގައި އޮތީ ބޮޑުވެފައެވެ. އޭގެއިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވެސް ސަންގު ޓީވީއަށް އިންޓަރވިއުއެއް ދެއްވާ ދެއްކެވި ވާހަކަތަކާ ގުޅިގެން ސީދާ ރައީސް ދައްކަވާ ވާހަކަފުޅު އަޑު އަހަން އެތައްބައެއްގެ ސަމާލުކަން ބޮޑުވެގައި ވަނި ރައީސް ވަނީ ގިނަ ވާހަކަތަކަކަށް އަލި އަޅުއްވާލައްވާފައެވެ.

ބްރިޖުގެ ލޭނެއް މަދުވި ވާހަކައަކާއެކު މިހާރުގެ ރައީސް ކުރީގެ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒުއަށް އޭރުގެ ރައީސް ޔާމީނު 'ބަވާލި' ވާހަކައެއްގެ އެކި މީހުން އެކިގޮތަށް މާނަ ނަގައިގެން ދައްކާ ލިޔަމުން ދަނިކޮށް އެކަމަށްވެސް ރައީސް ވަނީ ވާހަކަ ދައްކަވާފައެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ވަޒީރުކަމުގައި ހުންނަވާ ކީރިތި ކުރެއްވުނީ ބްރިޖު ހުޅުވުން ކެންސަލް ކުރައްވަން ރައީސް ޔާމީނު އެންގެވުމުންނެވެ. ސަބަބަކަށްވީ ސައިކަލަށް ވަކި ލޭނެއް ނެތުމެވެ. ސައިކަލް ލޭނެއް އޮންނަން އޭރުގެ ރައީސް ޔާމީނު ބޭނުންފުޅު ވުމާއި, ނެތްނަމަ ބަދަލެއް ގެނެސްގެންވެސް ސައިކަލަށް ލޭނެއް ހާއްސަ ކޮށްގެން ބްރިޖު ހުޅުވަން ޔާމީން ބޭނުންފުޅުވުމެވެ.

އެކަމަށް ބްރިޖް މަސައްކަތްކުރާ ކުންފުންޏާ ވާހަކަ ދައްކަވައިގެން ގޮތެއް ފެނޭތޯ ބެއްލެވި ނަމަވެސް އެމަގު ނުފެނުން ކަމަށް އޭރުގެ މިނިސްޓަރ މިހާރުގެ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުން ސުވާލު އުފެދުނު އެއް ކަމެއްގެ ވަރަށް ސާފް ޖަވާބެއްވެސް ރައީސް ދެއްވިއެވެ. އެއީ ސިނަމާލެ ބްރިޖުން ލޭނެއް މަދުނުވާ ކަމުގެ ޔަގީންކަމެވެ. އެމަނިކުފާނު ވިދާޅުވީ ސިނަމާލެ ބްރިޖު ޕްރޮޖެކްޓުގެ ޕްރީ ފީސިބިލިޓީ ސްޓޭޖާއި ފީސިބިލިޓީ ސްޓޭޖާއި ކޮންސެޕްޓް ޑިޒައިނިން އާއި ޑީޓެއިލް ޑިޒައިންގެ ހުރިހާ މަރުހަލާއެއް ދިޔައީ އެ މަނިކުފާނު ބެއްލެވުމުގެ ދަށުން ކަމަށެވެ. އޭގެ ފަހުން ބްރިޖުގެ ލޭނުގެ އަދަދު މަދުވެފައި ނުވާނެ ކަކަމުގެ ޔަގީންކަން ދެއްވިއެވެ. އޭގެ ބަދަލުގައި 20 މީޓަރުން 21 މީޓަރަށް ބްރިޖް ބޮޑުކުރި ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ފަދައިން ރައީސްއަށް ކީރިތި ކުރެއްވުނެވެ. އެކަމާ ރައީސް އެއްބަސްވެވަޑައިގަތެވެ. ނަމަވެސް ވިދާޅުވީ ކީރިތު ކުރެއްވުނީ ބްރިޖް ހުޅުވަން މަހަކަށް ވެފައި ވަނިކޮށް ނުހުޅެވޭނެ ކަމަށް ރައީސް ޔާމީނު ވިދާޅުވުމުން ކަމަށެވެ. ބްރިޖް މަޝްރޫއަކީ އޭރު އެމަޝްރޫއުގެ ކަންކަން ބެލެހެއްޓެވި ވަޒީރުގެ ހައިސިއްޔަތުން ރައީސް މުއިއްޒު ވަރަށްގިނަ ވަގުތު ދެއްވި މަޝްރޫއެކެވެ. ބްރިޖް ކަނޑައެޅުއްވި ތާރީޚަށް ހުޅުވިއެވެ. އަދި އެކަން ކުރެއްވީ ރައީސް ޔާމީނުވެސް އެއްބަސްވެ ވަޑައިގެންނެވެ.

ސިޔާސީ މަޝްރަހުގައި މިވަގުތު އެންމެ ގަދައީ ރައީސް ޔާމީނާއި, މިހާރުގެ ސަރުކާރުގެ އިސްވެރިންގެ ބަހުގެ ހަމަލާތަކެވެ. އެއްބަޔަކު އަނެއް ބަޔަކަށް އޮތް ފާޑުކިއުންތަކެވެ. އެވާހަކަތަކަށްވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޚާއްޞަ އިންޓަރވިއުގައި އަލިއަޅުއްވާލެއްވިއެވެ. ކުރުކޮށް ވިދާޅުވީ "ރައީސް ޔާމީނާ މެދު ހިތް ނިޔަތް ސާފް" ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ އެކި މަރުހަލާ ތަކުގައި ރައީސް ޔާމީނު މިނިވަންކުރައްވަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. ރައީސް ޔާ,މީނު މިނިވަން  ކުރެއްވުން އެދި އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް އެތައް މެސެޖްތަކެއް ކުރެއްވި ކަމަށެވެ. އެމެސެޖްތައް ޑިލީޓް ނުކުރައްވާނަމަ ރައީސް ޞާލިހުގެ ފޯނުގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ ދައުރުގެ ތެރޭގައި ކުރެއްވި އެންމެ މުހިއްމު މަސައްކަތަކީ ރައީސް ޔާމީނު މިނިވަން ކުރެއްވޭތީ ކުރެއްވި މަސައްޕަތްޕުޅު ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީނުގެ ދިފާއުގައި އަބަދުވެސް އެންމެ ކުރީގައި ހުންނެވިކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. ޕީއެންއެފް ހަރުގެ ޖަލްސާތަކުގައި ކުރައްވާ ތުހުމަތުތައް ދޮގުކުރެއްވި އެވެ. އޭރުގެ ރައީސްގެ އިތުރުން ބާރު ހުރި ވަޒީރުންނަށްވެސް ޔާމީނު މިނިވަން ކުރެއްވުމަށާއި, އެންމެ ކުޑަމިނުން ގެއަށް ބަދަލުކޮށްދެއްވުން އެދި ދަންނަވަމުން ގެންދެވި ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުން އޮތް ގައުމުގެ އިގްތިސާދީ ހާލަތަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. ވިދާޅުވީ ފަރުދާގެ ފުރަގަހުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ބޭންކްގެ ނިންމެވުމާއި, ފިޗުން ރާއްޖޭގެ ރޭޓިންގ ދައްކުރުމާ, ޑޮލަރުގެ ދަތިކަމާއެކު އިގްތިސާދީ ހާލަތު ގޯސްވެއްޖެކަން އެންމެންވެސް ގަބޫލުކުރެއެވެ. ރައީސް ވިދާޅުވީ ސަރުކާރުން އެކިފަރާތްތަކަށް ދޭންހުރި ފައިސާ ދީ ގައުމު ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް އެފައިސާ ދީ ނިންމަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަޕޯރޓްގެ މަސައްކަތް ނިންމުމާއި, ގެދޮރުވެރިކަމުގެ މަޝްރޫއުތައް ފެށުމަށް ކުރެވޭ މަސައްކަތްތަކާއި, މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތްތައް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ދާކަމަށް ވިދާޅުވިއެވެ.

ހާރިޖީ ގުޅުންތަކާ ގުޅޭ ގޮތުން ވިދާޅުވީ ކުރެއްވި ދަތުރުފުޅުތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ. މަޝްރޫއުތަކެއް ފެށުމުގެ އިނިޝީއަލް ސްޓޭޖްގައި ކުރަންޖެހޭ މަސައްކަތްތަކާ ހަމައަށް އާދެވުނީ އޭގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވިދާޅުވިއެވެ. ކުރުކޮށް ބުނާނަމަ ރައީސް ދެއްވީ އުއްމީދެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow