ބްރިޖަކީ ރަޙުމަތްތެރިކަމާއި، އިތުބާރުގެ ރަމްޒެއް - ރައީސް މުއިއްޒު
މމިއަދު ފާހަގަކުރަނީ ބްރިޖަށް 6 އަހަރު ފުރުން
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ދެ ގައުމުގެ ދެމެދުގައި އޮތް ދެގޮތެއްނުވާ ގާތް ރަޙުމަތްތެރިކަމާއި، އިތުބާރުގެ ރަމްޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ, އެމަނިކުފާނު މިހަފަދައިން ވިދާޅުވީ "ސިނަމާލެ ބްރިޖް"އަށް 6 އަހަރު ފުރުމުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ޢާއްމު ކުރެއްވި މެސެޖްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ތަރައްޤީ އާއި ތަނަވަސްކަމަށްޓަކައި ޗައިނާ އާއި ދިވެހިރާއްޖޭގެ ހިޔާލު އެއްގޮތްކަމާއި އެއްބައިވަންތަ ވިސްނުމުގެ ހެއްކެއް ކަމަށެވެ. ބްރިޖަކީ ހަމައެކަނި ދިވެހިރާއްޖޭގެ ރަށްތައް ގުޅާލުމުގެ ރަމްޒެން ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އިންޖިނިއަރިންގގެ ކާމިޔާބީ ފާހަކުރައްވާފައެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ހުޅުވީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ބްރިޖްގެ މަސައްކަތްބ ކުރިއަށް ގެންދެވީ ރައީސް ޑރ,މުހައްމަދު މުއިއްޒު ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރުކަމުގައި ހުންނެވި އިރު އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. މިއަދު ފާހަގަކުރަނީ މާލެއާ ހުޅުމާލެ ގުޅާލި ބްރިޖަށް 6 އަހަރު ފުރުމެވެ. ބްރިޖަށް 6 އަހަރު ފުރޭއިެރު އޭރުގެ ރައީސް އަބްދުالله ޔާމީނާއި މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ގުޅުން ވަނީ ކެނޑިފައެވެ.
މި ބުރިޖުގެ ދިގުމިނުގައި 2 ކިލޯ މީޓަރު ހުރެއެވެ. އަދި، ފުޅާމިނުގައި 20.3 މީޓަރު ހުރެއެވެ. ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން އުސްމިނުގައި 12 މީޓަރު ހުންނަ އުޅަނދުފަހަރަށް ބުރިޖުގެ ދަށުން ދަތުރުކުރެވެއެވެ.
ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ.
ރިއެކްޝަންސް