މި އަހަރުގެ މިހާތަނަށް 20 މީހަކަށް ހިމަބިހި ޖެހިއްޖެ: ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މި އަހަރުގެ މިހާތަނަށް 20 މީހަކަށް ހިމަބިހި ޖެހިއްޖެ: ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

3 hours ago - 20:22
Advertisement
Advertisement

މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ (މީސަލްސް) 20 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ފަސް ކޭސްއެއް ފެނިފައިވަނީ މިދިޔަ ހަފްތާގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.


އެޗްޕީއޭއިން މިއަދު އާންމުކުރި ހިމަބިހީގެ އެންމެ ފަހުގެ އަދާހަމަ ރިޕޯޓުގައިވާ ގޮތުން، މިދިޔަ ހަފްތާގައި ފެނުނު ފަސް ކޭސްގެ އިންވެސްޓިގޭޝަން މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިންކަން ވެސް އެ އެޖެންސީން ފާހަގަކުރެއެވެ.


މި ކޭސްތަކާ ގުޅިގެން މިހާތަނަށް 489 ކޮންޓެކްޓުން ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން އެކްޓިވް 88 ކޮންޓެކްޓުން މިހާރުވެސް ދަނީ މޮނިޓާ ކުރަމުންނެވެ.


ހިމަބިހި ފެތުރެމުންދާތީ، އެޗްޕީއޭއިން ވަނީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށް ވަނީ ހަނދާންކޮށްދީފައެވެ. މީގެ އިތުރުން، ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް ވަނީ އަންގާފައެވެ.


ހިމަބިހި ޖެހުމުން ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައެވެ. އޭގެ ފަހުން މޭމައްޗާއި، ބުރަކަށި، އަތް އަދި ފައިގައި ބިހިތައް ނަގަން ފަށައެވެ. މި ބައްޔަކީ ކެއްސާ ކިނބިހި އެޅުމުގެ ތެރެއިން ވައިގެ މަގުން ފެތުރޭ ބައްޔެކެވެ. ބަންދު ތަނެއްގައިނަމަ މި ވައިރަސް ދެ ގަޑިއެއްހާއިރު ވަންދެން ވައިގެ ތެރޭގައި ހުރެއެވެ. އަދި ވައިރަސް ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތް ނުވަތަ އަނގައިގައި އަތްލުމުން ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.


އެޗްޕީއޭއިން ބުނިގޮތުގައި، ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކާއި ދިފާއީ ބާރު ދެރަ މީހުންނަށް މި ބަލި ޖެހުމުގެ ނުރައްކާ ބޮޑެވެ. ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރެނީ ބިހި ނެގުމުގެ ހަތަރު ދުވަސް ކުރިން ފެށިގެން، ބިހި ނެގުމަށްފަހު ހަތަރު ދުވަސް ހަމަވަންދެނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement