އުމުރުން 14 އަހަރުގެ ކުއްޖާއަށް  ބަރަހަނާ ފޮޓޯއާއި ވީޑިއޯ ފޮނުވި މައްސަލާގައި ހެއްކެއް ނުފެނުނު: ޕޮލިސް
ޖިންސީ ގޯނާގެ މައްސަލައަކީ ސީރިއަސްކޮށް ބަލާ މައްސަލަތަކެއް ކަމަށް ޕޮލިހުން ވިދާޅުވޭ

އުމުރުން 14 އަހަރުގެ ކުއްޖާއަށް ބަރަހަނާ ފޮޓޯއާއި ވީޑިއޯ ފޮނުވި މައްސަލާގައި ހެއްކެއް ނުފެނުނު: ޕޮލިސް

މިއީ 2022 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލައެއް

14 hours ago - 19:04
Apr 15, 2025 - 19:10
Advertisement
Advertisement

ދެކުނު ރަށެއްގައި އުމުރުން 14 އަހަރުގެ ކުއްޖަކަށް 2022 ވަނަ އަހަރު ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ދައްކައި އެފަދަ ތަކެތި އެ ކުއްޖާގެ ފޯނަށް ފޮނުވި ކަމަށް ބުނާ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށާއި އެކަމަކު އެ ކުއްޖާ ބުނާ ބުނުން ފިޔަވައި އިތުރު އެއްވެސް ހެއްކެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެ މައްސަލައިގެ ތަޙުޤީޤުގައި، ތުހުމަތުކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފޮރެންސިކް ތަޙުލީލުކޮށް، 6 މީހެއްގެ ބަޔާނާއި ހެކިބަސް އަދި 2 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. ނަމަވެސް ތަޙުލީލުތަކުންނާއި ބަޔާންތަކުން، ކުއްޖާ ބުނާ ބުނުން ފިޔަވައި، މައްސަލައާ ގުޅުންހުރި އަދި ކުރާ ތުހުމަތަށް ބާރުލިބޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ތުހުމަތުކުރެވޭ މީހާ ކުއްޖާގެ ފޯނަށް ފޮނުވާފައިވާ ކަމަށް ބުނާ މެސެޖުތަކާއި މައްސަލައާ ގުޅުންހުރި އެއްވެސް އެއްޗެއް ކުއްޖާގެ ފޯނުގެ ފޮރެންސިކް ތަޙުލީލުތަކުންވެސް ފެނިފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ އެ މައްސަލަ ތަޙުޤީޤުކޮށް 2022 އޭޕްރިލް 22 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޝްވަރާއަށް ފޮނުވުމުން، ބައެއް އިސްލާޙުތައް ގެނައުމަށް ޕީޖީން އެދިފައިވާ ކަމަށެވެ. ނަމަވެސް މި އިސްލާޙުތައް ގެނައުމުގައި މައްސަލަ ހުށަހަޅާ ފަރާތުން އެއްބާރުލުން ލިބިފައިނުވާތީ މައްސަލަ މިހާތަނަށް ނުނިމިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. 

Advertisement
Advertisement

ފުލުހުން އިތުރަށް ވިދާޅުވީ އެ މައްސަލައިގެ ތަޙުޤީޤު ފުރިހަމަ ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އެ އިދާރާއިން ކުރައްވަމުން ގެންދަވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން މިފަދައިން ވިދާޅުވެފައި މިވަނީ މި މައްސަލާގައި ޖިންސީގޯނާގެ ޝިކާރައަކަށް ވެފައިވާކަމަށް ބުނާ އަންހެން ކުއްޖާ ދައްކާފައިވާ ވާހަކަތަކަކާއި ގުޅިގެންނެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement