ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ދިނުމުގައި ދަތިކަމެއްނެތް -ފިނޭންސް
ފިނޭންސްގެ ސްޓޭޓް މިނިސްޓަރ މާޒިން: ޑޮލަރުގެ ދަތިކަމެއްނެތް

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ދިނުމުގައި ދަތިކަމެއްނެތް -ފިނޭންސް

2 months ago - 14:34
Jul 8, 2024 - 17:47
Advertisement

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޑޮލަރުން ފައިސާ ދިނުމުގއި އެއްވެސް ދަތިކަމެއް ނެތްކަމަސް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު މާޒިން ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޑޮލަރުން ފައިސާ ފޮނުވުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ކުރިއެކޭ ވެސް އެއްފަދައިން ފައިސާ ދޫކުރަމުންދާކަމަށެވެ.

 އަދި މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް 12 މިލިއަން ރުފިޔާއަށްވާ ޑޮލަރު އެކި ގައުމުތަކުގައި ތިބި  ދިވެހި ކިޔަވާ ކުދިންނަށް ފޮނުވާފައިވާކަމަށާއި މިހަފުތާގައި ވެސް އަދި އަންނަ ހަފުތާގައި ވެސް ދަރިވަރުންނަށް ފައިސާ ފޮނުވަމުން ދާނެ ކަމަށެވެ

"މިދަނީ ޕޭމަންޓުތައް ދޫކުރަމުން. މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް 12 މިލިއަން ރުފިޔާއަށްވާ ޑޮލަރު ވާނީ އެކި ޤައުމުތަކުގައި ތިބި ކުދިންނަށް ފޮނުވާފަ. އަދިވެސް މިދަނީ ފޮނުވަމުން. ޖެނުއަރީ އަދި ޖުލައި މިއީ އާ ސެމިސްޓަރތަކެއް ފެށޭ ދުވަސްވަރެއްވީމަ ޕޮކެޓުމަނީގެ އިތުރަށް ކޯސްފީތައްވެސް މި ޕްރޮސެސްތެރޭގައި ކުރިއަށްދާނެ. ޖުލައިގަ މިދަނީ ސްޓައިޕަންޑު އެކަންޏެއްނޫން. ވަރަށް ގިނަ ކޯސްތައް ފެށޭ ދުވަސްވަރެއްވީމަ ޓިއުޝަންފީ ޕްލަސް ސްޓައިޕަންޑު ގިނަވާނެ." މާޒިން ވިދާޅުވި އެވެ.

Advertisement

އެހެންނަމަވެސް ސަރުކާރުން މިހެން ވިދާޅުވި ކަމުގައިވިޔަސް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ފިނޭންސް މިނިސްޓްރީން ފައިސާ ނުފޮނުވާކަމަށް ބުނެ ރައްޔިތުން ސޯޝަލް މީޑިއާގައި ދަނީ އަޑު އުފުލަމުނެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement