ކޮޕީރައިޓްސް ޤާނޫނުން ކުދި  ވިޔާފާރިތައް ކުރިއެރުމަށް މަގު ފަހިވެގެންދާނެ-މެންބަރ އިއްބެ
މިއަދުގެ ޖަލްސާގައި އިއްބެ ވާހަކަ ދައްކަވަނީ

ކޮޕީރައިޓްސް ޤާނޫނުން ކުދި ވިޔާފާރިތައް ކުރިއެރުމަށް މަގު ފަހިވެގެންދާނެ-މެންބަރ އިއްބެ

2 months ago - 23:14
Jul 10, 2024 - 12:00

ކޮޕީރައިޓްސް ގާނޫނަށް މިއަދު ހުށަހެޅިގެން ދިޔަ އިސްލާހުގެ ސަބަބުން، ކުދިވިޔަފާރިވެރިން މެދުފަންތީގެ ވިޔަފާރިވެރިްނަށް ބަދަލުކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް، ރައްޔިތުންގެ މަޖިލިސްގެ ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު އިބްރާހީމް ހުސެއިން (އިއްބެ) ވިދާޅު ވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސަޢުދާ މިއަދު މަޖިލިހަށް ހުށަހެޅުއްވި، ކޮޕީރައިޓްސް ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން މެންބަރު އިއްބެ ވިދާޅުވީ، މިބިލަކީ ވަރަށް މުހިންމު ބިލެއް ކަމަށާއި ޚާއްޞަކޮށް މިބިލުގެ މުހިންމުކަން ބޮޑުވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކަމަށެވެ.

"މިބިލުން އަޅުގަނޑުމެންގެ ކުދި ވިޔަފާރިވެރިން، މެދުފަންތީގެ ވިޔަފާރިވެރިންނަށް ބަދަލުވުމުގެ ފުރުޞަތު ލިބިގެންދާނެ،" އިއްބެ ވިދާޅުވި އެވެ."އާދެ! މިހާރު މޮއޮންނަ ގޮތުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ޙައްގުތަކެއް ހިމާޔަތެއް ނުކުރެވޭ. ނަމަވެސް ކޮޕީރައިޓްސް ގާނޫނަށް މިހުށަހެޅުނު އިސްލާހުގެ ސަބަބުން، އެވިޔަފާރިވެރިންގެ ހައްގުތައް ވަރަށް ރަނގަޅަށް ހިމާޔަތްކުރެވިގެން ދާނެ."

ކޮޕީރައިޓްސް ގާނޫނަށް ގެނެވޭ އިސްލާހުގެ ބިލަށް ވާހަކަ ދައްކަވަމުން، އިއްބެ ވަނީ ވަރަށްމުހިންމު ހުށަހެޅުމެއް ވެސް ހުށަހަޅުއްވާފަ އެވެ. އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން، ވަރަށް ބުރަމަސައްކަތުން އެވިޔަފާރީގެ ނަން، ނުވަތަ އެވިޔަފާރީގެ ބްރޭންޑެއް އުފައްދައިގެން ވިޔަފާރިކުރަމުން ދަނިކޮށް، މާފަހުން އެހެން ބަޔަކު އެނަމާ ނުވަތަ އެވިޔަފާރި ބްރޭންޑުގެ ނަމާ އެއްވައްތަރުގެ ނަން  ރަޖިސްޓްރީ ކުރެވޭތީ އެއްކަލަ މެދު ފަންތީގެ ވިޔަފާރި ވެރިޔާގެ ވިޔަފާރި ހިމާޔަތެއް ނުކުރެވޭ ކަމަށް އިއްބެ ވިދާޅުވި އެވެ. 

މިސާލު ދައްކަވަމުން އިއްބެ ވިދާޅުވީ، "ޑްރީމްސް" އެނަމުގައި ވިޔަފާރީގެ ނަން ބްރޭންޑުކޮށްގެން، ވިޔަފާރި ކުރަމުން ދަނިކޮށް، އެނަން ބޭނުންކޮށްގެން އެހެން ވިޔަފާރިތައް ރަޖިސްޓްރީ ކުރެވޭ ކުރެވުމަށް މިގެންނަ އިސްލާހުތަކުތެރޭގައި ފަރުވާ ލިބިއްޖެ ނަމަ، އެކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން، ބޮޑެތި ވިޔަފާރިވެރިންނަށް މުސްތަގުބަލުގައި ބަދަލުވެގެން ދާނެ ކަމަށެވެ.އަދި ހަމައެހެންމެ މިގެނެވޭ އިސްލާހުގެ ސަބަބުން ދިވެހި ފަންނާނުންގެ އުފެއްދުންތަކަށް ވެސް، ހިމާޔަތް ލިބިގެން ދާނެ ކަމަށް އެސްއޯއީ ކޮމެޓީގެ ނާއިބު މުގައްރިރުކަން ވެސް ކުރައްވާ މެންބަރު އިއްބެ ވިދާޅުވި އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow