ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭ ގޮތަށް ޖިނާއީ އިޖުރައާތުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި
ބިލް ހުށަހެޅުއްވި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު

ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭ ގޮތަށް ޖިނާއީ އިޖުރައާތުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި

2 months ago - 17:20

ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވެ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ވެސް އިސްތިއުނާފު މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ބަންުދން ދޫކުރެވޭ ގޮތަށް ޖިނާއީ އިޖުރައާތުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރަކް، ޖިނާއީ އުޖާރުގެ ގާނޫނާށް ހުށަހެޅުއްވި އިސްލާހުގައިވަނީ، މީހެއްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއް އިސްތިއުނާފް ކޮށްފިނަމަ، އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އޭނާ ބަންދުން ދޫކުރެވިދާނެ ކަމުގަ އެވެ. ޖިނާއީ ކުށްތައް ކުރާމީހުންގެ ތެރެއިން ކަފާލާތު ނުދެވޭނެ ބައެއްވެސް ޖިމަނާފައިވާ މިބިލުގައިވާ ގޮތުން، މީހުން މަރާ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ފަދަ ބޮޑެތި ކުށްތައް ސާބިތުވެފައިވާ މީހުންނަށް ކަފާލާތު ނުދެވޭނެ ކަމަށް ވެސް އެ ބިލްގައި ހިމަނާފައި ވެ އެވެ. 

އެ ބިލްގައިވާ ގޮތުން އިސްތިއުނާފް މަރުހަލާގައި ކުށްވެރިންނަށް ކަފާލާތު ދެވޭނީ އިސްތިއުނާފް މައްސަލާގައި އެކަށީގެންވާ އަސާސެއް އޮތުމާއި އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކަށް އަމަލު ކުރާނެ ކަމާއި އަދި އިތުރަށް ބަންދުކޮށްގެން ހާސިލްވާނެ މަސްލަހަތެއް ނެތްކަން އެ މީހާގެ ފަރާތުން ސާބިތުކޮށް ދިނުމުންނެވެ.

މީގެ އިތުރުން ދަށު ކޯޓުތަކުގައި ކުށް ސާބިތުވާ މީހުންނަށް ވެސް އަދަބު ކަނޑައެޅުމުގެ ކުރިން، ކަފާލާތުގެ އުސޫލުން ދޫކުރެވޭ ގޮތް ވެސް އެ ބިލްގައި ހިމަނާފައިވެ އެވެ. ނަމަވެސް އެގޮތަށް ދޫކުރެވޭނީ އެ މީހަކު ބަންދުން ދޫކުރުމަކީ އިންސާފު ގާއިމްކުރަން މުހިންމު ކަމެއް ކަމުގައި ސާބިތުކޮށް ދިނުމުން ކަމަށް ވެސް ބިލްގައިވެ އެވެ. 

މުބާރިކު ހުށަހެޅި ބިލުގައިވާ ގޮތުން ކަފާލާތުގެ ދަށުން ބަންދުން ދޫކުރިޔަސް، ފުރުން މަނާ ކުރުމާއި ކޯޓުން އަންގާ ގަޑިއަކަށް ހާޒިރުވުމާއި މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކާ މުއާމަލާތު ނުކުރުން ފަދަ ޝަރުތުތައް ކުރެވިދާނެ ކަމަށް ބަޔާންކޮށްފައި އޮތެވެ.

ކަފާލާތަކީ ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ ދަށުން ނުވަތަ ކޯޓުން ކަނޑައަޅާ އަދަދަކަށް ކޯޓުގައި ފައިސާ ބެހެއްޓުމަށް ފަހު ބަންދު ދޫކުރާ އުސޫލެވެ. ޖިނާއީ އިޖުރައާތުގެ ގާނޫނު މިހާރު އޮންނަ ގޮތުން ކަފާލާތު ދެވެނީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް އެކަންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow