ސޮވްރިން ޑިވެލޮޕްމަންޓް ފަނޑުގެ ބިލަށް މަޖިލިހުން އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ "ސޮވްރިން ޑިވެލޮޕްމަންޓް ފަނޑުގެ ބިލް" އަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ކުރި އިޢުލާނުގައިވަނީ، މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން މިމަހުގެ 9 ވާ އަންގާރަ ދުވަހުގެ 2:00 ގެ ކުރިން، މި ބިލަށް އާންމުންގެ ޚިޔާލު ހުށަހެޅުމަށް ހުޅުވާލެވިފައިވާ ކަމުގަ އެވެ.
މަޖިލިހުގެ އިދާރާއިން ކުރި އިޢުލާނުގައި ވަނީ، މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ އިސްލާޙެއް އޮތްނަމަ މަޖިލިސްގެ ކޮމެޓީ އީމެއިލް public.accounts_committee@majilis.gov.mv އަށް ނުވަތަ ރައްޠިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައި ދިނުމަށެވެ.
ސަރުކާރުން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލުގެ އިތުރުން، އިގުތިސާދާ ގުޅޭ ވަރަށް ގިނަ ބިލްތައް ހުށަހަލާއި މިހާރު ވަނީ ކޮމެޓީ މަރުހަލާގަ އެވެ.
ރިއެކްޝަންސް