މެޓުން ބުނަނީ ކުރިއަށްއޮތް ތިން ދުވަހު ވެސް ވިއްސާރަކުރާނެކަމަށް
މިވިއްސާރަ އަލިވާނީ ހޮނިހިރުގައި

މެޓުން ބުނަނީ ކުރިއަށްއޮތް ތިން ދުވަހު ވެސް ވިއްސާރަކުރާނެކަމަށް

އެންމެ ބޮޑަށް ވިއްސާރަކުރާނީ މެދުރާއްޖެ ތެރެއާއި އުތުރަށް މިވިއްސާރަ އަލިވާނީ ހޮނިހިރުގައި

2 months ago - 22:33
Advertisement

ކުރިއަށްއޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފި އެވެ. 

މެޓުން ބުނީ، މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި  ހއ. އިން ފެށިގެން ވ. އަތޮޅާއި ހަމައަށް މިއަދު 16:45 އިން 22:30 އަށް ހުދު ސަމާލު ނެރެފައިވާ ކަމުގަ އެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ވެސް މެޓުން  ލަފާކޮށްފައިވެ އެވެ. 

މެޓުން ބުނީ ވިއްސާރަކުރިނަމަވެސް ވައިގަދަވެ ކަނޑުތައް ގަދަ ނުވާނެކަމަށެވެ. މިވިއްސާރަ އަލިވާނީ އަންނަ ހޮނިހިރު ހިސާބުގައި ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ. 

މޫސުމާ ބެހޭ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރައި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ. އަދި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ. އަދި ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓުން ބުންޏެވެ. 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement