ރައީސް ބެންގަލޫރަށް
ބެންގަލޫރުން ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދަންނަވަނީ: ފޮޓޯ-ރައީސް އޮފީސް

ރައީސް ބެންގަލޫރަށް

9 days ago - 16:39
Oct 9, 2024 - 16:39
Advertisement

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބެންގަލޫރަށް ވަޑައިގެންފިއެވެ. 

ބެންގަލޫރަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ކަރްނާޓަކާ ސަރުކާރުގެ، ޗިއްކަބައްލަޕޫރު ޑިސްޓްރިކްޓްގެ އިންޗާޖް މިނިސްޓަރ އަދި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަނެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ވަފުދުގެ ބޭފުޅުން އިންޑިއާގެ ވިފަރާރިވެރިންގެ މަންދޫބުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި ބެންގަލޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ވެރިރަށް ދިއްލީ އަށެވެ. އޭގެފަހުން ތާޖުމަހަލް ހުންނަ އާގަރާއަށް ވަޑައިގެންނެވިއެވެ. އޭގެފަހުން މުމްބާއީއަށް ވަޑައިގެން ވިޔަފާރިވެރިންނާއި, އިންވެސްޓަރުންނާ ބައްދަލުކުރައްވާ ރާއްޖޭގައި އިންވެސްޓް ކުރުމުގެ ދައުވަތު ދެއްވިއެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ތަރިންނާ ބައްދަލުކުރައްވާ ރާއްޖެއަށް ޒިޔާރަތް ކުރުމަށާއި, ރާއްޖޭގައި ފިލްމްތައް ޝޫޓްކުރުމުގެ ދައުވަތު ދެއްވިއެވެ.

https://x.com/presidencymv/status/1843958260564422875

Advertisement

ރައީސުލްޖުމްހޫރިއްޔާ އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއްބަސްވުންތަކެއްގައި ވެސް ވަނީ ސޮއިކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement