ދަނޑުވެރިކަމަށް 'އެގްރިބޯޓް' ތަޢާރަފްކޮށްފި
އެގްރިބޯޓް

ދަނޑުވެރިކަމަށް 'އެގްރިބޯޓް' ތަޢާރަފްކޮށްފި

9 days ago - 16:27
Oct 9, 2024 - 16:28
Advertisement

 

ދަނޑުވެރިކަމަށް 'އެގްރިބޯޓް' ތަޢާރަފްކޮށްފި އެވެ. އެގްރިބޯޓަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް އެއް ރަށުން އަނެއް ރަށަށް ތާޒާކަމާއެކު ގެންދިއުމަށް ޚާއްޞަ އުޅަނދެކެވެ.

އެގްރިބޯޓް އިފްތިތާހުކޮށްދެއްވީ ލޯކަލް ގަވަރނަންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ. މިއީ ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އެގްރިބޯޓަކީ ޖަޕާނު ސަރުކާރުގެ ހަދިޔާއެކެވެ. އެގްރިބޯޓް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައިވެސް ޖަޕާނު ސަފިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަޕާނު ސަރުކާރުގެ މާލީ އެހީގައި މިބޯޓް ބަނދެފައި ވަނީ މޯލްޑިވްސްގެ ޕީޑީއެސްއޭއީންނެވެ. ބޯޓް އޮޕަރޭޓް ކުރާނީ އެގްރޯ ނެޓުންނެވެ. އެގްރޯނެޓަކީ އެމްޑީޕީ ސަރުކާރުން ދަނޑުވެރިކަމަށް ތަޢާރަފްކުރި ކުންފުންޏެކެވެ. އެގްރޯނެޓްގެ އޮފީސްތައް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައިވެސް ވަނީ ހުޅުވާފައެވެ. އަދި ބައެއް ދަނޑުވެރިންނާއެކު އެގްރޯނެޓުން ވަނީ އުފެއްދުންތައް ގަތުމުގެ އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ.

Advertisement

ދަނޑުވެރިކަމު އުފެއްދުންތައް އެއް ރަށުން އަނެއް ރަށަށް އުފުލުމަށް ޚާއްޞަ އެގްރިބޯޓް ބަނދެއްފައި ވަނީ މޫސުން ގޯސް ނަމަވެސް ދަތުރުކުރަން ފަސޭހަވާނެ ގޮތަށެވެ. މިއީ ދަނޑުވެރިކަމުގެ ބާވަތްތައް ތާޒާކަމާއެކު އުފުލޭނެ އިންތިޒާމް ހަމަޖައްސާފައިވާ ބޯޓެކެވެ.

ބޯޓް ފަރުމާކޮށްފައިވަނީ ފަޅުވެރިން އަރާމުކުރެވޭނެ އިންތިޒާމާވެސް އެކުގައެވެ. އަދި މިއީ ސޯލާ ހަކަތައިން އޮޕަރޭޓްކުރެވޭ ސްޓޯރޭޖް ފެސިލިޓީއެއްވެސް ހިމެނޭ ބޯޓެކެވެ.

އެމްޑީޕީގެ ޗެއަރޕަސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވަނީ މިމުހިއްމު މަޝްރޫއު މިސަރުކާރުން ކުރިއަށް ގެންދަވާތީ ޝުކުރު އަދާކުރައްވާފައެވެ. އަދި ޖަޕާނު ސަރުކާރުގެ މިއެހީއަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement