
"ޢީދު ހަވީރު" އަށް އާދަޔާ ޚިލާފްބޮޑު ތަރުހީބެއް
ފިތުރު އީދުގެ މުނާސަބަތުގައި އެމްއެންޑީއެފް، ފުލުހުން އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ބޭއްވި 'އީދު ހަވީރު' އަށް ވަރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި މި ހަރަކާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފުގެ ދެމަފިރި ކަނބަލުންވެސް ޒިޔާރަތްކުރައްވާ ވަރަށް ގިނަވަގުތު ހޭދަކުރެއްވިއެވެ.
މި ހަވީރުގައި އެމްއެންޑީއެފްގެ ހަތިޔާރުތަކާއި ފުލުހުންގެ ވެހިކަލްތައް ދައްކާލައި، އެ ތަކެއްޗާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ދިނެވެ. މީގެ އިތުރުން ތިންހަމަ، އަންބަލަން، އޮށްވަޅުގޮނޑި އަދި ފަސްއޮށް ފަދަ ސަގާފީ ކުޅިވަރުތަކާއި، ކުޑަކުދިންނަށް ގަޔާވާ ޒަމާނީ ކުޅިވަރުތަކާއި ގޭމުތައް ވެސް ކުރިއަށް ގެންދިޔައެވެ. މީގެ އިތުރުން ސްޓޯލުތަކުގައި ކުޑަކުދިން ގަޔާވާ ކާޓޫނު ކެރެކްޓަރުތައް ވެސް ހިމެނިއެވެ.
މި ހަވީރު ކުރިއަށް ދިޔަވަގުތު ދައުލަތުގެ މީޑިއާ ޕީއެސްއއެމްއަށް ދެއްވި އިންޓަވިއުއެއްގައި ދިފާއީ ވަޒީރު މުހައްމަދު ގައްސާން މައުމޫނު ވިދާޅުވީ މިއަދު މާލޭގައި ބޭއްވުނު އީދުހަވީރަކީ ވަރަށް ކާމިޔާބު ހަވީރެއްކަމަށާއި، ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ގުޅިގެން ކުރެވުނު މަސައްކަތްތަކަކީ ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކަމަށެވެ.
އީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި މިރޭ ޑްރޯން ޝޯއަކާއެކު ހަވާއެރުވުން ވެސް އޮންނާނެ ކަމަށް އެޗްޑީސީން ވަނީ އިޢުލާނު ކުރައްވާފައެވެ.
ރިއެކްޝަންސް






