ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14600 އަށްވުރެ ގިނަ މީހުން!
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާމެދު ހޭލުންތެރިކުރަން ބޭއްވި ސެޝަނެއްގެ ތެރެއިން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14600 އަށްވުރެ ގިނަ މީހުން!

އޮގަސްޓްމަހު 52.5 މިލިއަން ރުފިޔާ އެންސްޕާއިން ހޭދަކުރި

1 year ago - 10:31
Sep 22, 2025 - 10:32
Advertisement
Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14600 އަށްވުރެ ގިނަ މީހުން ތިބިކަމަށް އެންސްޕާއިން ބުނެފިއެވެ. އެންސްޕާއިން ޢާއްމުކުރި ހިސާބުތަކުން ދައްކާގޮތުގައި އެންސްޕާގައި ރަޖިސްޓްރީގައި ނުކުޅެދުންތެރިނަކްނ ހުންނަ 14673 މީހުން އެބަތިއްބެވެ.

އެންސްޕާ ދަފްތަރުގައި ތިބި މީހުންގެ ތެރެއިން 4916 މީހުންނަކީ 18 އަހަރުން ދަށުގެ ކުދިންނެވެ. ދަފްތަރުގައި އެންމެ ގިނައީ 18-64 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ 7472 މީހުންނެވެ. 65 އަހަރުން މަތީގެ މީހުންގެ އަދަދަކީ 2285 އެވެ.

އޮގަސްޓް މަހު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި އަލަށް 125 މީހަކު ވަނީ ރަޖިސްޓްރީ ކޮށްފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިނާޔަތުގެ ފޮތުގައި އޮގަސްޓްމަހު 52.5 މިލިއަން ރުފިޔާ އެންސްޕާއިން ވަނީ ދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement