ފަރަށްއެރި މެގަހޯރަ ބޯޓް ފުންކޮށްފި, މީހަކަށްވެސް ބޯޓަށްވެސް ގެއްލުމެއް ނުލިބޭ
މެގަހޯރަ ބޯޓް ކަފުޖަހައިގެން ގެންދަން މަސައްކަތް ކުރަނީ: ފޮޓޯ-އެމްއެންޑީއެފް

ފަރަށްއެރި މެގަހޯރަ ބޯޓް ފުންކޮށްފި, މީހަކަށްވެސް ބޯޓަށްވެސް ގެއްލުމެއް ނުލިބޭ

7 months ago - 10:45
Sep 22, 2025 - 10:45
Advertisement
Advertisement

މާލެއިން ފުރައިގެން ދިއްދުއަށް ދަތުރުކުރަމުން ދަނިކޮށް ރޭ ދަންވަރު ފަރަށް އެރި އެރަށު 'މެގަހޯރަ' ބޯޓް މިއަދު ހެނދުނު ފުންކޮށްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ދިޔަވަރު ބޮޑުވުމުން، "މެގަ ހޯރަ" ބޯޓު، އެހެން ދެ އުޅަނދެއްގައި ކަފުޖަހައިގެން މިއަދު 09:35 ހާއިރު ފުންކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި، އެ ބޯޓުގައި ތިބި އެއްވެސް މީހަކަށް އަދި ބޯޓަށް ވެސް ގެއްލުމެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. ބޯޓުން 61 މީހުން ދަތުރުކުރިއެވެ.

މާލެއިން ފުރައިގެން ހއ.ދިއްދޫއަށް ދަތުރުކުރަމުންދިޔަ 98 ފޫޓްގެ "މެގަ ހޯރަ" ބޯޓަކީ މުދާ އުފުލާ ބޯޓެކެވެ. އެބޯޓް ފަރަށް އެރީ ނ.ވަވަތިކުރޮޅިއަށެވެ. ބޯޓް ފަރަށް އެރުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ޑައިވަރުންނާއެކު ހަރަކާތްތެރިވި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement