ޑިފެންސް މިނިސްޓަރ ޣައްސާން ވެސް އިންޑިޔާއަށް
ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން; ފޮޓޯ-ރައީސް އޮފީސް

ޑިފެންސް މިނިސްޓަރ ޣައްސާން ވެސް އިންޑިޔާއަށް

1 year ago - 13:09
Jan 5, 2025 - 13:09
Advertisement
Advertisement

ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫންވެސް އިންޑިޔާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާކަން އިއުލާނުކުރެއްވީ, އެގައުމުގެ ނޫސް 'ވިއޮން' އިންނެވެ.

އެނޫހުގައި ބުނެފައިވަނީ ޣައްސާން އިންޑިޔާއަށް ވަޑައިގަންނަވަނީ އަންނަ ހަފްތާގައި (މިމަހުގެ 7 އަދި 8) ގައި ކަމަށެވެ. ޣައްސާން އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް މިކުރައްވަނީ ފޮރިންގ މިނިސްޓަރ އަބްދުالله ޚަލީލްގެ އިންޑިޔާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށްފަހު އެވެ. ޚަލީލް އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވީ އިއްޔެއެވެ.

މިއީ ޣައްސާންވެސް މަގާމްގެ ހައިސިއްޔަތުން އިންޑިޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެކެވެ. ފޮރިންގ މިނިސްޓަރ ޚަލީލާ ހަވާލާދެއްވާ ވިއޮން ނިއުސްގައި ބުނެފައިވަނީ ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ, ސަލާމަތީ ގޮތުން ދެގައުމު އެއް މިސްރާބަކަށް މަސައްކަތް ކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement