އިންޑިއާގެ ސަލާމަތަކީ އަހަރެމެންގެ ސަލާމަތް: ޚާރިޖީ ވަޒީރު ޢަބްދުالله ޙަލީލް
'އިންޑިއާގެ ސަލާމަތަކީ ދިވެހިރާއްޖޭގެ ސަލާމަތް' ކަމުގައި ޙާރިޖީ ވަޒީރު ޢަބްދުالله ޙަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނޫހެއްކަމަށްވާ 'ވަޔޯން' އަށް ދެއްވި ޙާއްސަ ބަސްދީގަތުމެއްގައެވެ.
"އިންޑިއާ ކަނޑުގެ ހަމަޖެހުމަށްޓަކައި ދިވެހިރާއްޖެއިން އެއްބާރުލުން ދިނުމުގައި އަބަދުވެސް ދެމިއޮންނާނެ. ވަކިން ޙާއްސަކޮށް އިންޑިއާ ކަނޑުގެ ސަލާމަތަކީ އިންޑިއާ ކަނޑުގައިވާ ހުރިހާ ޤައުމެއްގެ ސަލާމަތް ކަމަށް އަހަރެމެން ދެކެން. އަޅުގަނޑު ދެންނެވި ގޮތަށް އިންޑިއާ ކަނޑުގެ ސަލާމަތަކީ އަހަރެމެންގެ ވެސް ސަލާމަތް" ނޫސްވެރިޔާ ސިދަންތް ސިބަލްގެ ބަސްދީގަތުމުގައި ވަޒީރު ވިދާޅުވިއެވެ.
އިންޑިއާ އަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަޒީރު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ, ޑރ.އެސް ޖޭޝަންކަރް އާ ބައްދަކުލުރައްވާ ދެގައުމުގެ ގުޅުމާ ބެހޭގޮތުން މުޙިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ.
ބައްދަލުވުމުގައި ވަޒީރު ވަނީ ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކަށް އިންޑިއާއިން ދެއްވަމުންގެނަދަވާ މާލީ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. ވަޒީރު އިތުރަށް ވިދާޅުވީ މިސަރަޙައްދުގެ ތަރައްޤީގައި އިންޑިއާއަކީ އެންމެ މުހިއްމު ބައިވެރިޔާ ކަމަށާއި, އަވައްޓެރި ޤައުމުތަކުގެ ލާބައަށް އިންޑިއާއިން ދޭ އެހީތެރިކަން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައި ކަމަށެވެ.
އިންޑިއާއިން ފާއިތުވި އަހަރުތަކުގައި އަދި މިހާރުވެސް ދަނީ ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގައި މާލީގޮތުން އެހީތެރިވަމުންނެވެ. އޭގެ ތެރޭގައި ގްރޭޓަރ މާލޭ ސަރަޙައްދުގައި ހިންގާ އެންމެ ބިޔަ ޕްރޮޖެކްޓުގެ ދަށުން މާލެ ސަރަޙައްދު ގުޅާލުމުގެ މަޝްރޫއު ހިމެނެއެވެ.
ޙާރިޖީ ވަޒީރުވަނީ ދާދި ފަހުން އިންޑިއާ އާ ގުޅުވައިގެން ދިވެހި ސަރުކާރު ވައްޓާލުމާ ގުޅޭގޮތުން ވޮޝިންގްޓަން ޕޯސްޓްގައި ޝާއިއުކޮށްފައިވާ ރިޕޯޓް ދޮގުކުރައްވާފައެވެ.
ރިއެކްޝަންސް