ފުޅާދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ދެ އަންހެނަކު ޑީޕޯރޓް ކޮށްލައިފި
ހަށިވިއްކާ މައްސަލައިގައި ހައްޔަރުކުރި މީހުން: ފޮޓޯ-އިމިގްރޭޝަން

ފުޅާދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ދެ އަންހެނަކު ޑީޕޯރޓް ކޮށްލައިފި

1 year ago - 14:02
Jan 5, 2025 - 14:03
Advertisement
Advertisement

ފުޅާދާއިރާއެއްގައި ހަށިވިއްކަމުން ދިޔަ ދެ އަންހެނަކު ޑީޕޯރޓް ކޮށްލައިފި އެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ޑީޕޯރޓް ކޮށްލީ އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި އެއިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަޔަ ހަތް މީހުންގެ ތެރެއިން ދެ މީހުން ކަމަށެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބިދޭސީ 04 އަންހެނަކާއި 03 ފިރިހެނެކެވެ.

" މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 02 އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާއިރު، ބާކީ 05 ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތްދަނީ ކުރަމުން." އިމިގްރޭޝަނުން ބުންޏެވެ.

އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. ދޭތެރެ ދޭތެރެއިން އެފަދަ ފަރާތްތައް ހޯދާ އިމިގްރޭޝަނުން ދަނީ ޑީޕޯރޓް ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement