ފިނިފެންމާ ގޮއްވާލުމުގެ އަޑީގައި ޔާމީނު ހުންނެވި ކަމަށް ތުހުމަތު ކުރައްވަނީ ކީއްވެ!
ފިނިފެންމާ ލޯންޗް ގޮއްވާލި ހާދިސާގެ ތެރެއިން

ފިނިފެންމާ ގޮއްވާލުމުގެ އަޑީގައި ޔާމީނު ހުންނެވި ކަމަށް ތުހުމަތު ކުރައްވަނީ ކީއްވެ!

ސުވާލު އުފައްދަނީ ޕާޕާއާއި ހުސައިން ވަހީދު އަރިހުގައި ތިއްބެވުމުން

19 days ago - 14:36
Advertisement

ރައީސް ޔާމީނުގެ ވެރިކަމުގައި, އެމަނިކުފާނު އިންނެވި ފިނިފެންމާ ލޯންޗް ގޮއްވާލުމުގެ އަޑީގައި ޔާމީނު ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ތުހުމަތު ކުރައްވައިފިއެވެ.

އެފަދަ ތުހުމަތަކާއެކު އަބްދުއްރަހީމް ސުވާލު އުފެއްދެވީ ރޭ ސަންގު ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައެވެ. އެކަމާ ގުޅިގެން މިއަދު ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެގަތަށް ގަބޫލުކުރުމުގެ ޖާގަ ލިބޭ ކަމަށެވެ. އެކަމުގެ އަޑީގައި ޔާމީން ހުންނެވިކަމަށް ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތް ކަމަށް ވިދާޅުވިއެވެ.

އޭރުވެސް އަދި މިވެރިކަން ފެށުމާ ހަމައަށްވެސް ޔާމީނުގެ އެންމެ އަރިހުގައި ހުންނެވި އަބްދުއްރަހީމް ވިދާޅުވީ އެސުވާލު އުފައްދަން ޖާގަ ލިބެނީ މިއަދު ރައީސް ޔާމީނުގެ އަރިހުގައި އަހުމަދު ފަޔާޒު (ޕާޕާ) އާއި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ހުންނެވުމުން ކަމަށެވެ. އެހާދިސާ ހިނގިއިރު އެކަމުގައި އެދެބޭފުޅުންގެ ޝާމިލްވުން އޮތްކަމަށް ޔާމީނު ވިދާޅުވެފައިވާކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ލޯންޗް ގޮއްވާލި ވަގުތު އެއްގަމުގައި ނޫ ކުލައިގެ ޓީޝާޓެއް ލައިގެން ޕާޕާ ހުރި ކަމަށާއި, އަދި އެކަން ކުރީ ޕާޕާ ކަމަށް ޔާމިން ވިދާޅުވިކަން އަބްދުއްރަހީމް ފާހަގަކުރެވިއެވެ. އަދި އެހާދިސާ ހިނގިއިރު ފުލުހުންގެ އިންޓެލިޖެންސް ރިޕޯރޓް ރައީސް ޔާމީނަށް ލިބިވަޑައިނުގަންނަވާތާ ވެސް ހަމަވެސް ވެއްޖެކަން ޔާމީނާ ހަވާލާދެއްވާ އަބްދުއްރަހީމް ވިދާޅުވިއެވެ. އޭރު ކޮމިޝަނަރ އޮފް ޕޮލިސް އަކީ ހުސައިން ވަހީދުއެވެ. ޕާޕާއަކީ އޭރު ސިފައިންގެ މާލެ އޭރިޔާގެ ކޮމާންޑަރެވެ.

Advertisement

" މިއަދު ދެބޭފުޅުން (ޕާޕާއާއި ހުސައިން ވަހީދު) އެތިއްބެވީ ދެ އަރިމަތީގައޭ. އެދެބޭފުޅުންނޭ މިއަދު ރައީސް ޔާމީނު އޯޑިއަންސްގައި އިންނަވައިގެން, އޭގެއިން ކޮންމެވެސް އެއްބޭފުޅަކު ޕޯޑިއަމްގައި ބަހައްޓަވައިގެން ފާޑުފާޑުގެ ޗާޓް ހައްދަވައިގެން މިދައްކަވަނީ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ޔާމީނާއި, ޔާމީނުގެ އާއިލާގެ ފުރާނައަށް ނުރައްކާވާވަރުގެ ކަމެއް ކުރިކަމެއް ކަމަށް ޔާމީނު ވިދާޅުވާ ބޭފުޅުން ކައިރިކުރައްވައިގެން އުޅުއްވުމަކީ ސުވާލު އުފެއްދުމުގެ ޖާގަ އޮތް ކަމެއް ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement