"އިމިގްރޭޝަން ވޮޗް"އަށް މައްސަލަ ރިޕޯރޓް ކުރާ އަދަދު އިތުރު
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް އަތުލައިގެންފަ

"އިމިގްރޭޝަން ވޮޗް"އަށް މައްސަލަ ރިޕޯރޓް ކުރާ އަދަދު އިތުރު

3000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފި

22 days ago - 12:23
Advertisement

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯރޓް ކުރުމަށް ތަޢާރަފްކުރި  "އިމިގްރޭޝަން ވޮޗް"އަށް ރިޕޯރޓް ކުރާ މައްސަލަތައް އިތުރުކަން އިމިގްރޭޝަންގެ ހިސާބުތަކުން ދައްކލައިފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ މިހާތަނަށް 473 މައްސަލަ އިމިގްރޭޝަން ވޮކް އަށް ރިޕޯޓުކޮށްފައިވާ ކަމަށެ. "އިމިގްރޭޝަން ވޮޗް" އިފްތިތާހުކުރީ ޖުލައި މަހުގެ 17ވަނަ ދުވަހުއެވެ. އިމިގްރޭޝަނުން ބުނީ އެ ދުވަހުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރިޕޯރޓްކޮށްފައިވާ 473 މައްސަލައިގެ ތެރެއިން 369 މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ވެރިފައި ކުރަމުގެ މަރުހަލާގައި   82 މައްސަލަ އެބައޮތް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އިމިގްރޭޝަނާ  ނުގުޅޭ  22 މައްސަލައެއްވެސް އިމިގްރޭޝަން ވޮޗް އަށް ރިޕޯރޓްކޮށްފައިވާ ކަމަށް އެއިދާރާއިން ބުންޏެވެ.

"އިމިގްރޭޝަން ވޮޗް" އަކީ އިމިގްރޭޝަނާ ގުޅުންހުރި ކަންތައްތައް ރިޕޯޓްކުރުމަށް އާންމުންނަށް ފުރުސަތު ދޭން ތަޢާރަފްކުރި ޕްލެޓްފޯމެކެވެ.  ޕްލެޓްފޯމުން  ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް ލިބެއެވެ. ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތުވެސް ޕޯޓަލް މެދުވެރިކޮށް ރިޕޯރޓް ކުރެވެއެވެ. ޕޯޓަލް މެދުވެރިކޮށް   24 ގަޑީއިރު އިމިގްރޭޝަނަށް ރިޕޯޓް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ރިޕޯރޓް ކުރާއިރު މައްސަލައާ ގުޅޭ  ފޮޓޯވެސް ހުށަހެޅެއެވެ.

އިމިގްރޭޝަނުން އިސްވެ ފުލުހުންނާއި އަދި އެހެން މުއައްސަސާތަކާވެސް ގުޅިގެން ގަވާއިދާ ހިލާފަށް އުޅޭ, ޚާއްޞަކޮށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް ކުރިއަށް ގެންދާ ބޮޑު އޮޕަރޭޝަނަށް ޢާއްމުންގެ ތައުރީފް ދަނީ ލިބެމުންނެވެ. އެޕްރޮގްރާމްގެ ދަށުން މިހާތަނަށް 3322 ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެއީ މިސަރުކާރު ހަވާލުވި ދުވަހުން ފެށިގެންނެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement