ހާލުގައި ޖެހި މާލޭގެ 144 ގެއަކުން އެހީތެރިކަމަށް އެދިއްޖެ

ހާލުގައި ޖެހި މާލޭގެ 144 ގެއަކުން އެހީތެރިކަމަށް އެދިއްޖެ

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ 144 ގެއަކުން އެހީތެރިކަމަށް އެދިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ހާމަކުރައްވައިފި

8 months ago - 20:40
Jan 12, 2024 - 20:51
Advertisement

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ 144 ގެއަކުން އެހީތެރިކަމަށް އެދިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ހާމަކުރައްވައިފި

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ 144 ގެއަކުން އެހީތެރިކަމަށް އެދިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

އެއޮތޯރިޓީން ވިދާޅުވީ މިއަދު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ވެރިރަށް މާލެއަށް ކަމަށެވެ.

Advertisement

އެގޮތުން މިހާތަނަށް މާލޭގެ 132 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއްވިއެވެ. މީގެ އިތުރުން މާލޭގެ އަށް ގެއްގެ 58 މީހަކަށް ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދީފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން މައުލޫމާތު ދެއްވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ އިތުރުން ހަތަރު ރަށެއްގައި ފެންބޮޑުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

އެ އޮތޯރިޓީން ވިދާޅުވީ މާލޭގެ އިތުރުން ފެންބޮޑުވެފައިވަނީ ތ. އަތޮޅު ގުރައިދޫ އާއި ދިޔަމިގިލީގެ އިތުރުން ލ. އަތޮޅު މާމެންދޫ އާއި ދ. ކުޑަހުވަދޫ އަށެވެ.

މީގެ ތެރެއިންވެސް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މާލޭގެ ގެތަކަށް ކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން މައުލޫމާތު ދެއްވިއެވެ.

ފެން ހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން އަންނަނީ ކުރަމުންނެވެ.

އެގޮތުން ވެލިބަސްތާ ޖެއްސުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަންނަނީ ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement