ސިފައިން ގެންދިއުމުގެ މަސައްކަތް އަވަސްކުރުމަށް އިންޑިއާއިން އެއްބަސްވެއްޖެ

ސިފައިން ގެންދިއުމުގެ މަސައްކަތް އަވަސްކުރުމަށް އިންޑިއާއިން އެއްބަސްވެއްޖެ

އިންޑިއާ ސިފައިން ގެންދިއުމުގެ މަސައްކަތް އަވަސްކުރުމަށް އިންޑިއާއިން އެއްބަސްވެއްޖެ

8 months ago - 21:58
Jan 14, 2024 - 22:54

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިނިސްޓްރީގައި މިއަދުގެ ހެނދުނުން ފެށިގެން ވަރަށް ގިނައިރު ވަންދެން ބޭއްވި ދެ ގައުމުގެ މަތީ ފެންވަރުގެ ބޭފުޅުންގެ ބައްދަލުވުމަށް ފަހު، ދިވެހި ސަރުކާރުން ބުނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން ދެ ގައުމުން ވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރި ކަމަށާއި ގުޅުން އިތުރަށް ބަދަހި ކުރުމަށް ބޭނުންވާކަން ދެ ގައުމުން ވެސް މިއަދުގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތަށް އިންޑިއާ އިން އެއްބާރުލުން ދޭނެ ކަން ހާމަކޮށްފައިވާއިރު، އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާ އަށް ހުށަހަޅުއްވައިފަ އެވެ.

އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުއިއްޒު ގެ ރިޔާސި ވައުދެކެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow