ބައި-އިލެކްޝަން: ވޯޓުލުން ބަންދުކުރުން 5 ޖެހުމާ ހަމައަށް އިތުރު ކޮށްފި

ބައި-އިލެކްޝަން: ވޯޓުލުން ބަންދުކުރުން 5 ޖެހުމާ ހަމައަށް އިތުރު ކޮށްފި

މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގެ ވޯޓުލުން ބަންދުކުރާ ވަގުތު ހަވީރު 5 ޖެހުމާ ހަމައަށް އިތުރުކޮށްފި.

9 months ago - 10:36
Jan 13, 2024 - 10:37

މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގެ ވޯޓުލުން ބަންދުކުރާ ވަގުތު ހަވީރު 5 ޖެހުމާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އިތުރު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓުލުން ބަންދުކުރާ ވަގުތު އިތުރު ކުރީ މިއަދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ.

ކުރިން ވޯޓުލުން ބަންދުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވަނީ ހަވީރު 4 ޖެހުމާ ހަމައަށެވެ.

މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ވިއްސާރަ ދުވަސްވަރެއް ނަމަވެސް މިއަދު މިހާތަނަށް މޫސުން ރަނގަޅެވެ.

މިއަދު ކުރިއަށް ދަނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރާއި ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންއެވެ.

މާލޭ ސިޓީގެ ހުސްވެފައިވާ މޭޔަރުގެ މަގާމަށް 5 ބޭފުޅަކު ވާދަކުރައްވައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow