ޖިންސީ ގޯނާގެ މައްސަލައިގައި އެނެއްކާވެސް ޔުނާން ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ މައްސަލައިގައި އެނެއްކާވެސް ޔުނާން ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުޙުމަތުގައި ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ޔުނާން އަނެއްކާ ވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ހުޅުމާލޭ ކޯޓުން ޢަމުރުކުރައްވައިފި

8 months ago - 07:23
Jan 13, 2024 - 10:13
Advertisement

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދަޢުވާ ލިބޭ ފިލްމީތަރި މުހައްމަދު ޔުނާން ބަންދުން ދޫކޮށްލާފައި ވަނިކޮށް އަނެއްކާ ވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ހުޅުމާލޭ ކޯޓުން ޢަމުރުކުރައްވައިފިއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޔުނާނާއި އޭނާގެ އަނބިމީހާ އައިމިނަތު ރިހުލާ 2020 ވަނަ އަހަރު ހައްޔަރު ކުރި ފަހުން ރިހުލާ ހުރީ މިދިޔަ އަހަރުން ފެށިގެން ގޭ ބަންދަށް ބަދަލުކޮށްފައެވެ. އަދި ހުޅުމާލޭ ކޯޓުން ޝަރުތުތަކާ އެކުގައި ޔުނާން ދޫކޮށްލީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވަނީ ޔުނާންގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވުމުގެ އިޙްތިމާލު އަދި ވެސް އޮތްކަމަށެވެ. އަދި 7 ދުވަހުގެ ތެރޭގައި ޔުނާންގެ ބަންދާގުޅޭ ހުށަހެޅުމެއް ހުށަހަޅައިފިނަމަ އެކަށީގެންވާ އަވަސް މިނެއްގައި އެ ހުށަހެޅުމާ ގުޅޭގޮތުން ދަށު ކޯޓުން ގޮތެއް ނިންމަވަންވާނެ ކަމަށް ޕީޖީއިން މައުލޫމާތު ދީފައިވޭއެވެ.

Advertisement

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން ޔުނާން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން އޭނާ އަލުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމަވާފައިވެއެވެ.

ޔުނާންގެ މައްޗަށް ދަޢުވާކުރާ މައްސަލަ މިހާރު އޮތީ ހެކިބަސް ނަގައި ނިމި ޚުލާޞާ ބަޔާން ހުށަހެޅުމުގެ މަރުޙަލާގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement