ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކޮށް ރައީސް ވައުދު ފުއްދަވައިފި
ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ގެނެސްފި.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ހުޅުމާލޭގެ މުނިސިޕަލް ޙިދުމަތްތައް މާދަމާއިން ފެށިގެން މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރެއްވުމަށް ކެނބިނެޓުން ނިންމަވައިފިއެވެ.
މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ފަދައިން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
އަދި މާދަމާއިން ފެށިގެން އެއްމަސްދުވަހުގެ ތެރޭގައި އާބަންކޯގެ ދަށުގައި ހުރި ބިމާއި މުދަލާއި މުވައްޒަފުންވެސް ބަދަލުކުރުމުގެ މަރުހަލާ ނިންމާލެވޭ ނަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާބަންކޯގެ ދަށުގައި ތިބި މުނިސިޕަލް ޚިދުމަތްދޭ މުވައްޒަފުންނަށް މި މުއްދަތުގައި ދެވޭނީ މިހާރުވެސް އާބަންކޯއިން ދެމުން އަންނަ މުސާރައާއި އިނާޔަތް ކަމަށެވެ.
ރައީސް ވިދާޅުވީ މިކަމާ ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަ ކުރައްވާނެ ކަމަށެވެ.
ރިއެކްޝަންސް