ގުރައިދޫ ފެނުއަޑީގައި. 3 ގެއަކުން މީހުން ބަދަލުކޮށްފި
ގުރައިދޫގައި ސިފައިން ފެން ހިންދުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: އެމް.އެން.ޑީ.އެފް

ގުރައިދޫ ފެނުއަޑީގައި. 3 ގެއަކުން މީހުން ބަދަލުކޮށްފި

ވިއްސާރައިގަ ގުރައިދޫ 20 ގެއަކަށް ފެންވަދެފައިވޭ.

9 months ago - 18:30
Dec 31, 2023 - 18:31
Advertisement

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލެއަތޮޅު ގުރައިދޫގައި ފެންބޮޑުވެފައިވާތީ ފެންހިންދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވީ ފެންބޮޑުވެގެން ރިޕޯޓު ކޮށްފައިވާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މާލެއަތޮޅު ގުރައިދޫ އަށެވެ.

އެގޮތުން އެރަށުގެ 20 ގެއަކަށް ފެންވަދެ 3 ގެއަކުން މީހުން ބަދަލު ކޮށްފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން މައުލޫމާތު ދެއްވިއެވެ.

ގުރައިދޫގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި އެރަށު ކައުންސިލް ގުޅިގެން ކުރަމުން އަންނަ ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވިއެވެ.

Advertisement

ގުރައިދޫގެ އިތުރުން ފ. ނިލަންދޫއާއި ލ. ގަމާއި ފޮނަދޫގެ އިތުރުން ސ.މަރަދޫ އަށް ގެއްލުން ލިބިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement