އެލެގްރާގެ 3 ބެޗެއް އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާ ކޮށްފި
އެލެގްރާގެ ތިން ބެޗެއް ރާޢްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ ބޭހުގެ ކޮލިޓީ މައްސަލައެއް ފާހަގަ ކުރެވިގެން ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވޭ.
އަރިދަފުސް ރޯގާއަށް އާންމުކޮށް ބޭނުން ކުރަމުން އަންނަ ބޭހެއް ކަމަށްވާ އެލެގްރާގެ ތިން ބެޗެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ އެލެގްރާގެ ތިން ބެޗެއް މަނާކުރަން ޖެހުނީ ބޭހުގެ ކޮލިޓީގެ މައްސަލައެއް ފާހަގަ ކުރެވިގެން ކަމަށެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ މަނާކޮށްފައިވަނީ އެލެގްރާގެ 30mg ގެ ގުޅަ ބޭހާއި 5ml ގެ ދިޔާ ބޭސް ކަމަށާއި އެއީ އިންޑިއާގެ ސަނޯފީ އިންޑިއާ ލިމިޓެޑުން އުފައްދާ ބޭހެއް ކަމަށެވެ.
ކޮލިޓީގެ މައްސަލައެއް ދިމާވެގެން މަނާކޮށްފައިވާ ތިން ބެޗަކީ AL1223012, AL1223060, AL1223029 އެވެ.
ރިއެކްޝަންސް