ސީޒަނަށް ތައްޔާރުވާން ޗެލްސީ ކޮޅަށް ހާލަންޑް ހެޓްރިކެއް!
ހާލަންޑް ޗެލްސީއާ ދެކޮޅަށް ކުޅެނީ; ފޮޓޯ-މެންޗެސްޓަރ ސިޓީ

ސީޒަނަށް ތައްޔާރުވާން ޗެލްސީ ކޮޅަށް ހާލަންޑް ހެޓްރިކެއް!

ސިޓީން ސީޒަން ފަށާނީ އަންނަ ހޮނިހިރު ދުވަހު

1 month ago - 11:36

އާ ސީޒަނަށް ތައްޔާރުވާން ޗެލްސީ ކޮޅަށް މެންޗެސްޓަރ ސިޓީގެ ފޯވާޑް ހާލަންޑް ހެޓްރިކެއް ހަދައިފިއެވެ.

އެމެރިކާގެ އޮހަޔޯގައި ކުޅުނު މެޗު މެންޗެސްޓަރ ސިޓީން ކާމިޔާބުކުރީ 4-2 ނެވެ. ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ހާލަންޑް ހެޓްރިކް ފުރިހަމަކުރީ 56 ވަނަ މިނިޓްގައެެވެ. އޭނާ ފުރަތަމަ ދެ ލަނޑު ޖެހީ މެޗުގެ ފުރަތަމަ 5 މިނިޓްގެ ތެރޭގައެވެ. ފުރަތަމަ ލަނޑު ޖެހީ ޓޮސިން އަޑަރަބިޔޯ އަތުން ގެއްލުނު ބޯޅައެއް ހޯދައިގެންނެވެ. ދެވަނަ ލަނޑު ޖެހީ ހާލަންޑަށް ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުންނެވެ. ހާލަންޑް ހެޓްރިކް ހެދުމުގެ ކުރިން ސިޓީގެ ތިންވަނަ ލަނޑު އޮސްކާ ބޮބް ޖެހީ ސިޓީގެ ކުރީގެ ފޯވާޑް ރަހީމް ސްޓާލިންގ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އޮސްކާ ބޮބް އެވެ. އޭނާ ލަނޑު ޖެހީ ހާލަންޑް ހެޓްރިކް ހެދުމުގެ ދެ މިނިޓް ކުރިންނެވެ.

ޗެލްސީގެ ފުރަތަމަ ލަނޑު 59 ވަނަ މިނިޓްގައި ޖެހީ ރަހީމް ސްޓާލިންގ އެވެ. 88 ވަނަ މިނިޓްގައި ދެވަނަ ލަނޑު ޖެހީ މަޑުއޭކޭ އެވެ. މިއީ ކައުންޓަރ އެޓޭކެއްގައި ކުރިއަށް އަރާ ޖެހި ލަނޑެކެވެ. އޮހާޔާ ސްޓޭޑިއަމްގައި ކުޅުނު މެޗު ބަލަން 68000 ސަޕޯޓަރުން ވަނެވެ. މެޗަށްފަހު ޗެލްސީގެ ކޯޗު މަރެސްކާ ބުނީ ބަލިވިޔަސް ކުޅުން ރަނގަޅު ކަމަށެވެ. އެކަމަކު ދެ ކޯޗުންވެސް ދަނޑުގެ މައްސަލަ ފާހަގަކުރިއެވެ. މެންޗެސްޓަރ ސިޓީއަށް ކުރިއަށް އޮތީ އާ ސީޒަން ފަށަން އަންނަ ހޮނިހިރު ދުވަހު މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow