ޒާކްޒީ އަށް މެންޗެސްޓަރ ޔުނައިޓެޑްގައި ހުވަފެނީ ފެށުމެއް
ޒާކްޒީ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ޕްރިމިއަރ ލީގު

ޒާކްޒީ އަށް މެންޗެސްޓަރ ޔުނައިޓެޑްގައި ހުވަފެނީ ފެށުމެއް

ހަމައެކަނި ލަނޑު ޖެހީ ޒާކްޒީ

1 month ago - 08:34
Aug 18, 2024 - 12:30

މިސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑާ ގުޅުނު ޔޯޝުއާ ޒާކްޒީ ލަނޑު ޖަހައިގެން ފުރަތަމަ މެޗުން މޮޅުކޮށްދީ, ހުވަފެނީ ފެށުމެއް ހޯދައިފިއެވެ.

އާ ސީޒަންގެ ޕްރިމިއަރ ލީގު ފަށަން މެންޗެސްޓަރ ޔުނައިޓެޑް ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ މެޗު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ޒާކްޒީ ޖެހި ލަނޑުންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު މެންޗެސްޓަރ ޔުނައިޓެޑް ކާމިޔާބުކުރީ 1-0 ނެވެ. ބޮލޯނާއިން 36 މިލިއަން ޕައުންޑަށް ގެނައި ފޯވާޑް ކުޅެން ނިކުތީ ދެވަނަ ހާފްގައެވެ. އާޖެންޓީނާގެ ގަނާޗޯ ނަގައިދިން ހުރަން ޒާކްޒީ ހަމަޖެހިލާފަ ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ. އޭގެފަހުން ގަނާޗޯ އަށްވެސް ލަނޑު ޖަހަން ފުރުޞަތު ލިބުނެވެ. އެކަމަކު ފުރުޞަތުގެ ބޭނުން ނުކުރެވުނެވެ. ގަނާޗޯ އާއި ޒާކްޒީ ވެސް ކުޅެން ނިކުތީ 61 ވަނަ މިނިޓްގައެވެ.

މެޗަށްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެންހާގް ބުނީ ފުރަތަމަ މެޗުގައި ބަދަލަކަށް ނިކުމެ ލަނޑު ޖެހުމަކީ ފޯވާޑަކަށް ޚާއްޞަ ރަނގަޅު ފެށުމެއް ކަމަށެވެ. އަދި މޮޅަކުން ސީޒަން ފެށުމަކީވެސް މުހިއްމު ކަމެއް ކަމަށާއި, އެކަން ހާސިލްވުމުގެ ހިތްހަމަ ޖެހުން އެބައޮތް ކަމަށް ބުންޏެވެ. ސީޒަން ފަށަން ޔުނައިޓެޑް އަދި މުޅިން ތައްޔާރު ނޫންކަމަށް ބުނާ ވާހަކަވެސް އޭނާ ތަކުރާރު ކުރިއެވެ. ގިނަ ކުޅުންތެރިން އަދި އެންމެ ރަނގަޅު ފިޓްނަސް އަށް ނާންނަ ކަމަށާއި, ޓީމް އެކުގައި ޕްރެކްޓިސް ކުރެވުނީ އެންމެ 10 ދުވަސް ކަމަށް ޓެން ހާގް ބުންޏެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow