އުތުރަށް ރީނދޫ, ދެކުނަށް ހުދު ސަމާލު!
އަންގާރައާ ހަމައަށް ވައިބާރު

އުތުރަށް ރީނދޫ, ދެކުނަށް ހުދު ސަމާލު!

ވައި މަޑުވާން ފަށާނީ އަންގާރަ ދުވަހުން ފެށިގެން

1 month ago - 10:47
Aug 18, 2024 - 12:30
Advertisement

މޫސުން ރަނގަޅުވާން ފަށާނީ އަންގާރަ ދުވަހުން ފެށިގެން ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މިހަފްތާގައި ރާއްޖޭގެ އެކިހިސާބުތަކަށް ބޯކޯށް ވާރޭވެހި, ވައި ބާރުވުމާއެކު ކަނޑުތައްވެސް ގަދައެވެ. އެހެންކަމުން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއާއި, އެމްއެންޑީއެފްއިންވެސް ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ. މިއަދުވެސް ރާއްޖޭގެ އިތުރަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. ނަމަވެސް ދެކުނުގެ އަތޮޅުތަކަށް އޮތީ ހުދު ސަމާލެވެ, ރީނދޫ ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ތ.އަތޮޅަށެވެ. އެސަރަހައްދަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރައްވައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ, ކަނޑުތައްވެސް ގަދަވާނެ ކަމަށް މުސުމާބެހޭ އިދާރާއިން ލަފާކުރައްވައެވެ.

ހުދު ސަމާލު ނެރެފައިވަނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ ވައިމަޑުވާން ފަށާނީ އަންގާރަ ދުވަހުން ފެށިގެން ކަމަށެވެ. މިހަފްތާގައި މޫސުން ގޮސްވާނެކަން ދުރާލާ އެއިދާރާއިން ވަނީ އިއުލާނުކޮށްފައެވެ. 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement