ބޮގަރު ކައްކާ ވިޔަފާރި ކުރަމުންދިޔަ ދެ މީހަކު ލ.ގަމުން ހައްޔަރު ކޮށްފި
ދެމީހުން ހައްޔަރުކުރީ ލ.އަތޮޅުން

ބޮގަރު ކައްކާ ވިޔަފާރި ކުރަމުންދިޔަ ދެ މީހަކު ލ.ގަމުން ހައްޔަރު ކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗިހި ފެނުނު

2 years ago - 11:12
Aug 18, 2024 - 12:29
Advertisement
Advertisement

ބޮގަރު ކައްކާ ވިޔަފާރި ކިރަމުންދިޔަ ދެ މީހަކު ލ.ގަމުން ހައްޔަރު ކޮށްފި އެވެ. މައްސަލައިގައި ހައްޔަރުކުރީ 42 އަހަރުގެ ދިވެހި ފިރިހެނަކާއި, 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެދެމީހުން ހައްޔަރުކުރީ ލ.ގަމު ތުނޑިވިލެޖް ގޭގައި މަސްތުވާތަކެތި ގެންގުޅެ, ވިޔަފާރިކުރުމާއެކު ބޮގަރު ކައްކާ އޭގެ ވިޔަފާރިވެސް ކުރާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ. އެމީހުން ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން އެގެ ބަލާފާސްކުރުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ އެގޭ ތެރެއިން 24.42 ގްރާމް ހެރޮއިން ކަމަށް ޝައްކުކުރެވޭ މަސްތުވާ އެއްޗެއް ފެނުނު ކަމަށެވެ. އަދި ބޮގަރުކަމަށް ޝައްކުކުރެވޭ ދެ ރުނބަޔާއި, 5 ލީޓަރު ފުޅިއެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ. މީގެއިތުރުން ބޮގަރު ކައްކަން ބޭނުންކުރާ ސާމާނުވެސް އެގެއިން ފެނުނު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުންޏެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement