ހަށި ވިއްކަމުން ދިޔަ ނެޓްވޯކެއް ހައްޔަރުކޮށް ތިން މީހުން ޑީޕޯޓް ކޮށްފި
ހަށި ވިއްކި ނެޓްވޯކްގައި ހިމެނޭ މީހުން

ހަށި ވިއްކަމުން ދިޔަ ނެޓްވޯކެއް ހައްޔަރުކޮށް ތިން މީހުން ޑީޕޯޓް ކޮށްފި

15 days ago - 08:52
Oct 3, 2024 - 08:53
Advertisement

ފުޅާދާއިރާއެއްގައި ހަށި ވިއްކަމުން ދިޔަ ނެޓްވޯކެއް ހައްޔަރުކޮށް ތިން މީހުން ޑީޕޯޓް ކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ހަ މީހުންގެ ނެޓްވޯކްގެ ތިން މީހުން މިހާރު ޑީޕޯރޓް ކޮށްފައިވާ ކަމަށެވެ. އަދި އަނެއް ތިން މީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިދިޔަ އޮގަސްޓު މަހާއި ސެޕްޓެންބަރު މަހު ހިންގި ޚާއްޞަ އޮޕަރޭޝަންތަކެއްގައި ހައްޔަރު ކުރި ބައެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މިނެޓްވޯކްގައި ޝާމިލްވަނީ ބިދޭސީ 05 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ފިރިހެނަކު ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ތިން މީހުން ޑީޕޯޓް ކޮށް, އަނެއް ތިން މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުންދަނީ މައްސަލައިގެ ތަހުޤީޤަށް ފަހު ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް, ޚާއްޞަކޮށް ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީންނާއި ކުށުގެ ވެށީގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަން އިސްވެ ބޮޑު އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement