އިސްލާމީ މަރުކަޒު މުންނާރު ކައިރީ މަސްފެންގަނޑެއް ހަދަނީ
އިސްލާމީ މަރުކަޒު

އިސްލާމީ މަރުކަޒު މުންނާރު ކައިރީ މަސްފެންގަނޑެއް ހަދަނީ

15 days ago - 09:09
Advertisement

އިސްލާމީ މަރުކަޒު މުންނާރު ކައިރީ މަސްފެންގަނޑެއް ހަދަން ނިންމާ, އެކަން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގައި މަސްފެންގަނޑެއް ހަދަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަނގަކުރާ މުނާސަބަތާއި ގުޅިގެން ކަމަށެވެ. މަސްފެންގަނޑު ހެދުމުގެ ފުރުޞަތު ހުޅުވާލާފައުވަނީ ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

އެމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ ބާއްވަން ހަމަޖައްސާފައި ވަނީ މިމަހުގެ 7 ވަނަ ދުވަހު 11:00 ގައި އިސްލާމީ މަރުކަޒުގައެވެ. އަދި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުގެރޭ 22:00 ގެ ނިޔަލަށެވެ. ބީލަމުގައި ބައިވެރިވާން ޖެހެނީ އޮންލައިން ކޮށެވެ.

އިސްލާމީ މަރުކަޒަކީ ރައީސް މައުމޫނުގެ ޒައާމަތުގައި އިންޑިޔާ ސަރުކާރުން ދިން ހަދިޔާއެކެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement