މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

10 hours ago - 10:05
Advertisement
Advertisement

މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.


ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 25 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ، މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަނެކެވެ.


މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ:

  • އަޙްމަދު ޖިނާޙު (43އ) - މުތީހައުސް / ތ. ތިމަރަފުށި
  • އަޙްމަދު ސަޢީދު (28އ) - ސައިމާގެ / ހއ. ހޯރަފުށި
  • މުޙައްމަދު އަނޫފް ޢަލީ (27އ) - ހައުސްޓަން / ގދ. މަޑަވެލި
  • އަޙްމަދު މަޢީޝް ރަޝީދު (28އ) - އަބުމާގެ / ގދ. ހޯޑެއްދޫ

މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލެ ހިމެނޭހެން ފަސް އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވެއެވެ. ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 100.09 ގުރާމުގެ ތަކެތި ވަނީ ހޯދިފައެވެ.


ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ޖިނާޙާއި އަޙްމަދު ސަޢީދު 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުޙައްމަދު އަނޫފް ޢަލީއާއި އަޙްމަދު މަޢީޝް ރަޝީދު ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ފަސް ދުވަހުގެ މުއްދަތަށެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement