ޑޭޓާ ބޭސްއަށް 150,000 ބިދޭސީންގެ މައުލޫމާތު އަދާހަމަކޮށްފި
ބިދޭސީންގެ މައުލޫމާތު އަދާހަމަ ކުރަން އިމިގްރޭޝަން އިސްވެ ދަނީ މަސައްކަތް ކުރަމުން: ފޮޓޯ-އިމިގްރޭޝަން

ޑޭޓާ ބޭސްއަށް 150,000 ބިދޭސީންގެ މައުލޫމާތު އަދާހަމަކޮށްފި

މިއީ ސަރުކާރުގެ ކާމިޔާބީއަށް އިތުރުވި ބޮޅެއް- ރައީސް

1 day ago - 12:07
May 1, 2025 - 12:08
Advertisement
Advertisement

ޑޭޓާ ބޭސްއަށް 150,000 ބިދޭސީންގެ މައުލޫމާތު އަދާހަމަކުރެއްވިއްޖެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ. ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދާ ހަމަޔަށް އައި އިރު، 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން އަދި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ވަނީ ނެގި ޑޭޓާބޭސް އަދާހަމަކުރެވިފައިވާ ކަމަށެވެ.

މިމަސައްކަތް ސަރުކާރުން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ސަރުކާރުގެ ކާމިޔާބީއަށް އިތުރުވި ބޮޅެއްގެ ގޮތުގައެވެ. 

" މި ބުރަ މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން! މިއަހަރުގެ މަސައްކަތްތެރިންގެދުވަސް މިއަދު ފާހަގަކުރަމުން ދާއިރު ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާމެދު ވިސްނާލަންޖެހޭ. ޤަވާއިދާ ހިލާފަށް އުޅެމުން މަސައްކަތްކުރުވުމުގެ ނަތީޖާއެއްގެގޮތުން އެމީހުންގެ އަސާސީ އިންސާނީ ހައްގުތައްވެސްވަނީ ނިގުޅައިގަނެވިފަ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބިދޭސީންގެ މިމައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށެވެ. މިކަމަށްޓަކައި ކުރެވޭ އެންމެ ފުރަތަމަ  އަދި އެންމެ މުހިއްމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement
Advertisement

ސަރުކާރުގެ އަމާޒަކީ ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލު ކުރުމެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement