
ދައުލަތުގެ އާމްދަނީ 6.9 އިންސައްތަ މައްޗަށް
ގްރީން ޓެކްސް ދެ ގުނަ އިތުރުވެއްޖެ
މިއަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލުބުނު އާމްދަނީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު %6.9 އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ އެމުއްދަތުގައި 12.4 ބިލިއަން ރުފިޔާއަށް ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ އެމުއްދަތުގައި ލިބިފައިވަނީ 11.6 ބިލިއަން ރުފިޔާ އެވެ. މިއަހަރު ލިބުނު އާމްދަނީގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގައެވެ. އެއީ 9.5 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނީ 2.8 ބިލިއަން ރުފިޔާއެވެ.
ޓީޖީއެސްޓީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި 6117.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ އޭޕްރީލް 24 ގެ ނިޔަލަށް ހަރަދުގެ ގޮތުގައި 10.5 ބިލިއަން ރުފިޔާ ހޭދަވެފައިވާކަމަށް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 13.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް މިހާތަނަށް ވަނީ 1.9 ބިލިއަން ރުފިޔާއިން އަރަނިވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް ހުރީ 1.6 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓްގެ އޯވަރޯލް ބެލެންސް ހުރީ 3.5 ބިލިއަން ރުފިޔާއިން އަރަނިވެރިވެފައިކަމަށް ހިސާބުތަކުން ދައްކައެވެ.
ރިއެކްޝަންސް






