
ކާށްޓާއި ލޮނުމެދުގެ އަގު ބޮޑު, އެހެން ބާވަތްތަކުގެ އަގު ހިފެހެއްޓިފަ
ލޮނުމެދާއި ކާށީ ހެޔޮ އަގުގައި އެސްޓީއޯއިން ވިއްކާ
ކާށްޓާއި ލޮނިމެދުގެ އަގު ވަރަށްބޮދަށް އުފުލި, އެހެން ބާވަތްތަކުގެ އަގުތައް ހިފެހެއްޓިއްޖެއެވެ.
މިއަދު ލޯކަލް މާރުކޭޓްގައި ލޮނުމެދު ކިލޯއެއް ހުރީ 200 ރުފިޔާ އަށެވެ. ނަމަވެސް މީހަކަށް ކިލޯއެއްގެ މަގުން އެސްޓީއޯއިން 45 ރުފިޔާއަށް ކިލޯއެއް ވިއްކައެވެ.
ލޯކަލް މާރުކޭޓްގައި ކާށި ވިއްކަން ހުރީ 25-30 ރުފިޔާއާ ދެމެދުގައެވެ. އެހެންނަމަވެސް އެސްޓީއޯއިން ގެންދަނީ ކާށި އެތެރެކޮށް ހެޔޮ އަގުގައި ވިއްކަމުންނެވެ. ރޯދަމަސް ފެށުނު ފަހުން ސްޓޮކް ހުސްވި ނަމަވެސް ސްޓޮކް މިހާރު ވަނީ އާކޮށްފައެވެ.
ކާށްޓާއި ލޮނުމެދުގެ އިތުރުން މާރުކޭޓްގައި އަގުބޮޑުކޮށްހުރީ ކުރުނބަލެވެ. އެހެން ބާވަތްތަކުގެ އަގުތައް ޖުމްލަކޮށް ހުރީ ހިފެހެއްޓިފައެވެ.
ލޯކަލްމާރުކޭޓްގައި ބައެއް ބާވަތްތަކުގެ އަގުތައް ހުރިގޮތް:
- ލިނބޯ ކިލޯއެއް 45 ރުފިޔާ
- ކޮޕީފަތް ބޮނޑިއެއް 10-15 ރުފިޔާ
- ކުއްޅަފިލާފަތް ބޮނޑިއެއް 20 ރުފިޔާ
- ލެޓިއުސް 100ގ 15 ރުފިޔާ
- ކެރެޓް ކިލޯއެއް 45 ރުފިޔާ
- ކެބެޖް ކިލޯއެއް 35 ރުފިޔާ
- ކަރާ ކިލޯ އެއް 25 ރުފިޔާ
- ދޮންކަރާ ކިލޯ އެއް 35 ރުފިޔާ
- މިރުސް 100ގ 25 ރުފިޔާ
ރޯދަމަހު ތަކެތީގެ އަގުބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި އެންމެ ހެޔޮ އަގުގައި ތަކެތި ލިބޭނެ ފިހާރަތައް އަންގައިދިނުމަށް ޚާއްޞަ ވެބްސައިޓެއްވެސް ވަނީ ލޯންޗްކޮށްފައެވެ. މާރރުކޭޓްގައި ވިޔަފާރި ކުރާ ފަރާތްތަކުން ބުނީ ރޯދަމަސް ފެށުނު ފަހުން އަދި ތަކެތީގެ އަގަށް ބަދަލުތަކެއް ނާންނަ ކަމަށެވެ.
ރިއެކްޝަންސް






