މާލެއިން ގެއްލުނު ޒުވާނަކު ގެއްލިގެން ހޯދަނީ

މާލެއިން ގެއްލުނު ޒުވާނަކު ގެއްލިގެން ހޯދަނީ

9 hours ago - 21:50
Advertisement
Advertisement

މާލެއިން 32 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން، އޭނާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަށައިފިއެވެ.


ފުލުހުން މަޢުލޫމާތު ދިން ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމެވެ.


އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 11 ވީ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އޭގެ ފަހުން ޢާއިލާއަށް އެއްވެސް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ބުނެ، ފުލުހުންގެ އިދާރާއަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ނޮވެންބަރު 12 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.


އާދަމް އިކްރާމް ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އަދި މިހާތަނަށް އޭނާ ފެނިފައެއް ނުވެއެވެ. އެހެންކަމުން، އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ލަސްނުކުރައްވައި ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްޞާކޮށްދެއްވުމަށް ފުލުހުން ވަނީ ޢާންމުންގެ ކިބައިން އެދިފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement