މަރިޔަމް ޒުބައިރު ގަޔަށް ކަޅުތެޔޮ ޖެހުން މެޑަމް ސާޖިދާ ކުށްވެރި ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު / ފޮޓޯ؛ ރައީސް އޮފީސް

މަރިޔަމް ޒުބައިރު ގަޔަށް ކަޅުތެޔޮ ޖެހުން މެޑަމް ސާޖިދާ ކުށްވެރި ކުރައްވައިފި

1 year ago - 13:40
Mar 17, 2025 - 13:41
Advertisement
Advertisement

އެމްޑީޕީން ކޮންމެ ރެއަކު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގައި އިސްކޮށް އުޅޭ އެޕާޓީގެ އެކްޓިވިސްޓް، މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުށްވެރި ކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން މެޑަމް ސާޖިދާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަދަ ހަމަލާތަކާއި ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ހެލްމެޓް އަޅައިގެން ސައިކަލުގައި ދިޔަ ބަޔަކު މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ، ރޭ ބޭއްވި އެމްޑީޕީގެ މުޒާހަރާ ނިންމާފައި އޭނާ ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގަ އެވެ.

މެޑަމް ސާޖިދާގެ ޕޯސްޓުގައި އިލްތިމާސްކުރެއްވީ މިވަގުތު ކަންކަން ހަލަބޮލި ނުކޮށް، އިންސާފު ގާއިމްކުރަން ޖާގަ ދިނުމަށެވެ.

މަންދީގެ ގަޔަށް ކަޅުތެޔޮ ޖަހާފައި މިވަނީ އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް އޭނާ ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާއާ ދެކޮޅަށް ދައުވާ ކުރުމަށް އެމަނިކުފާނުގެ އާއިލާއިން ނިންމަވާފައިވަނިކޮށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement